ކުރީގެ ހައުސިން މިނިސްޓަރު އަދި އިދިކޮޅު ޕީޕީއެމްގެ އެއް ނައިބު ރައީސް، ޑރ. މުހައްމަދު މުޢިއްޒުގެ ހާލުކޮޅު ދެރަވެ އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވެސް ވާދަކުރައްވާ ޑރ. މުޢިއްޒުގެ އެޑްމިޓްކޮށް ފަރުވާ ދެމުން ދަނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އެމެޖެންސީ ގައެވެ.
މުއިއްޒުގެ ހާލުކޮޅު ދެރަވެ، ފަރުވާދޭން ފެށުމާއިގުޅިގެން ކުރިސުވާލަކަށް ޖަވާބުދެއްވަމުން މުޢިއްޒުގެ ޢާއިލާގެ ބޭފުޅަކު ''ތިލަދުން''އަށް ވިދާޅުވީ، މުޢިއްޒުގެ ހާލުކޮޅު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.
''ވަރަށް ގަދައަށް ހުންއައިސްގެން ހޮސްޕިޓަލަށް ގެންދިޔައީ ހޯމަ ދުވަހު، އައިޖީއެމްއެޗްގެ އެމެޖެންސީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ، މިހާރު ހުރިހާ ޓެސްޓެއްވެސް ހަދައި ނަތީޖާތައްވެސް ލިބިއްޖެ، އިރާދަކުރެއްވިއްޔާ ކަންބޮޑުވާންޖެހޭ ވަރުކަމެއް ނެތް''
އޭނާ ވިދާޅުވިއެވެ.
މުއިއްޒުއަށް އަވަސް ޝިފާއަކަށް އެދި ގިނަ ބަޔަކު ދަނީ މީސްމީޑިއާ މެދުވެރިކޮށް ހެޔޮއެދުމުގެ ޝުއޫރުތައް ފޮނުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!