ވައްކަންކުރުމަކީ ވޯޓް ދޭންޖެހޭ ސަބަބަކައްވެގެން މާލޭގެ މޭޔަރު ކަމަށް ކުރީގެ ހައުސިން މިނިސްޓަރު މުޙައްމަދު މުއިއްޒު ހޮވޭނަމަ އެހެރީ ހޮވިފައިކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.

ޝިފާޢު އެހެން ވިދާޅުވީ، އިދިކޮޅު ޕްރޮގްރޮއްސިވް ކޯލިޝަންގެ ޕީއެންސީގެ ރައީސް، ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބުދުއް ރަޙީމް ޢަބުދު ﷲ (އަދުރޭ) ކުރެއްވި ޓުވީޓަކަށް ރައްދު ދެއް ވަމުންނެވެ.

Ad
rt

އަދުރޭ ޓުވީޓެއް ކުރަށްވާފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ކުރިމަތިލައްވާފައިވާ އިދިކޮޅު ކެނޑިޑޭޓު ޑރ. މުއިއްޒު، އިންތިހާބުން ބަލިވަންދެން ބަހައްޓައިދިނުމަށް މަޖިލިސް ރައީސް، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިއްޔެ އެދިވަޑައިގަތުމުން އެކަމަށް ރައްދު ދެއްވަމުންނެވެ.

ހުކުރު ދުވަހު އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، މުއިއްޒުގެ މައްޗަށް މައްސަލައެއް އެބައޮތް ކަމަށާއި އަދި އެއީ ބޮޑު ހިޔާނާތާއި ގުޅުންހުރި މައްސަލައެއް ނަމަވެސް އިންތިހާބުން މުއިއްޒު "ބަލިވަންދެން" ބަހައްޓައިދިނުމަކީ ވަރަށް ބޮޑު އެދުމެއްކަމަށެވެ. އަދި އެ މަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އިންތިހާބުގައި މުއިއްޒުއަށް ލިބިިވަޑައިގަންނަވާނީ ހައެއްކަ ވޯޓު ކަމަށާއި އެހެންކަމުން ބަންދުނުކޮށް، އިންތިހާބު ނިމެންދެން ބަހައްޓާނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެން ވިދާޅުވުމުން، ރައީސް ނަޝީދަށް ރައްދު ދެއްވައި އަދުރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ‏މާލެސިޓީގެ މޭޔަރުކަމަށް ޕީ.ޕީ.އެމްގެ ޓިކެޓުގައި ވާދަ ކުރައްވާ ކުރީގެ ހައުސިންގ މިނިސްޓަރ،ޕީ.ޕީ.އެމްގެ ނައިބް ރައީސް ބަލި ނުކުރެވޭނެކަން ރައީސް ނަޝީދަށް ކަށަވަރު ވެއްޖެ ކަމަށެވެ.

"ކިތައްމެ ބިރެއް ދެއްކިޔަސް މުޢިއްޒު ފަހަތަށް ޖެހިވަޑައެއް ނުގަންނަވާނެ.އިންޝާ ﷲ، މިއީ ޑރ.މުޢިއްޒުގެ ފަހަރު"

އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ޓުވީޓަށް ރައްދު ދެއްވައި، ޝިފާޢު ވިދާޅުވީ ‏‎‎ވައްކަންކުރުން އެއީ ވޯޓް ދޭންޖެހޭ ސަބަބަކައްވެގެން މުއީޒު ހޮވޭނަމަ އެހުންނެވީ ހޮވިފައި ކަމަށެވެ.

އެޓުވީޓެއް ރައްދު ދެމުން އެމްޑީޕީގެ ފުރަހަނި ޝުއައިބު ވަނީ "މިއީ މުއިއްޒުގެ ފަހަރު" ކަމަށް ބުނެފައެވެ.