ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫގައި ގާއިމްކޮށްފައިވާ ނޭޗަރ ޕާކް "ވެހިސަރާ" ހިމެނޭ ސަރަޙައްދު ހިމާޔަތްކޮށްފި އެވެ.
ކުމުންދޫ ކައުންސިލްގެ އިދާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ނޭޗަރ ޕާކް "ވެހިސަރާ" ހިމެނޭ 330447 އަކަފޫޓްގެ ސަރަހައްދު ހިމާޔަށްކުރުމަށް އެކައުންސިލްގެ 3 ވަނަ ދައުރުގެ 141 ވަނަ ބައްދަލުވުމުންވަނީ ނިންމާފަކަމަށެވެ.
ހދ. ކުމުންދޫ ނޭޗަރ ޕާކް "ވެހިރާ" ހިމެނޭ 330447 އަކަފޫޓްގެ ސަރަހައްދުގައިވާ އަމިއްލަ މީސްމީހުންގެ ބޮނބިއޮޅު، އަދި އެސަރަޙައްދަށް އަޅާފައިވާ ލަކުޑީގެ ބާވަތްތައް އެސަރަހައްދުން 09 މާޗް 2021 ނިޔަލަށް ނެގުމަށް އަންގަމެވެ.
އެކައުންސިލުން މިއަދު ކުރި އިޢުލާނުގައި ބުނެފައި ވެއެވެ.
އެކައުންސިލްގެ އިޢުލާނުގައި އިތުރަށް ބުނެފައިވަނީ، މިމުއްދަތުގެ ތެރޭގައި ނުނަގާހުންނަ ތަކެތި އެކައުންސިލުން ހަދާފައި އުސޫލުގެތެރެއިން ނައްތާލެވޭނެކަމަށާއި އަދި އެސަރަހައްދުގައި ހެދިފައިހުންނަ އެކިބާވަތްބާވަތުގެ ގަސްގަހާގެހި އެކައުންސިލްގެ ހުއްދަނެތި ނުކެނޑުމަށް އިލްތިމާސްކުރާކަމަށެވެ.
https://thiladhun.wonstasite.com/42113
ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) ޖަމްޢިއްޔާއާއި އެ ޖަމްޢިއްޔާގެ ދަށުން އުފެދިފައިވާ ޓީމެއްކަމުގައިވާ ޒީރު ސްޕޯޓްސް ކުލަބުގެ ފަރާތުން އެރަށު ކުޅީގައި ތަރައްޤީކުރި ނޭޗަރ ޕާރކް ރަސްމީކޮށް ހުޅުވައި ކައުންސިލާއި ހަވާލުކޮށްފައިވަނީ ސެޕްޓެމްބަރ މަހުގެ6 ވަނަ ދުވަހު އެވެ.

ކުރިން އަޅާނުލެވި ދޫކޮށްލެވިފައި އޮތް ކުމުންދޫގެ ކުޅި ޕާރކެއްގޮތުގައި ތަރައްޤީކޮށް ނިންމާފައިވާއިރު އެތަނުގައި އެ ޒުވާނުންގެ މަސައްކަތުން ވަނީ ކުޅީގެ މެދުގައި 12 ފޫޓު 12 ފޫޓުގެ ހަޓެއް އަޅާފައެވެ. އަދި ހަޓަށް ދިޔުމަށް 60 ފޫޓު ދިގުމިނުގެ ފާލަމެއް ވަނީ ތަރައްޤީ ކުރެވިފައެވެ. ކުޅި ހުރަސްކުރުމަށް 12 ވަރަކަށް ފޫޓްގެ ބުރިޖެއް އަޅާފައިވާއިރު އުނދޯންޔަކާއި ލަކުޑިން ތައްޔާރުކޮށްފައިވާ ބެންޗުތައްވެސް އެތަނުގައި ބަހައްޓާފައިވެ އެވެ. އަދި އެތަން ތަރައްޤީ ކޮށްފައިވަނީ ކުޅީގެ ހިތްގައިމުކަން ބަލައިލުމަށް ކެނޯވެސް ދުއްވާލެވޭ ގޮތަށެވެ. މި މަސައްކަތައް ޖުމްލަ ދެ ލައްކައެއްހާ ރުފިޔާވަނީ ޚަރަދު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!