އަތޮޅުތެރޭގައި ހުރި ދުވަސްވީ އިންޖީނުގެތަކުގެ ބަދަލުގައި، ޒަމާނީ އިންޖީނުގެތައް އެޅުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ހަތަރު ރަށެއްގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އައު އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.
އެ ކުންފުނިން އަލަށް ބިންގާ އަޅާފައިވާ ހަތަރު ރަށަކީ ގދ. ރަތަފަންދޫ، ގދ. ތިނަދޫ، ގއ. ކޮލަމާފުށި އަދި ގދ. ގައްދޫއެވެ.
ގދ.ރަތަފަންދޫގައި އަލަށް އިމާރާތް ކުރާ ޢިމާރާތުގެ ބިންގާ އަޅުއްވައި ދެއްވާފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދުގެ އިތުރުން ރަތަފަންދޫ ކައުންސިލްގެ ރައީސް ހުނައިފް އަސްލަމެވެ. ރަތަފަންދޫ އާ އިންޖީނުގޭގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ ހަފާތާތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު، އެ މަސައްކަތް 09 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
(2/2) pic.twitter.com/0Rpcjxm2jq
— Fenaka Corporation Ltd (@TeamFenaka) December 12, 2020
ގދ.ތިނަދޫގެ އައު އިންޖީނުގޭގެ ބިންގާ އަޅުއްވައި ދެއްވާފައިވަނީ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފްގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޢުނީއެވެ. ތިނަދޫގައި މިހާރު ބޭނުން ކުރަމުންދާ އިންޖީނުގެއަކީ 2016 ވަނަ އަހަރު އެތަނުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިންޖީނުގެއެކެވެ.
(2/2) pic.twitter.com/ROwP7gafd5
— Fenaka Corporation Ltd (@TeamFenaka) December 12, 2020
ގއ.ކޮލަމާފުށީގައި ހަދާ ފެނަކަ ކޯޕަރޭޝަންގެ އާ އޮފީސް އިމާރާތުގެ ބިންގާ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އިމާރާތުގެ އަޅުއްވައި ދެއްވާފައިވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ އިތުރުން ކޮލަމާފުށީ ކައުންސިލްގެ ރައީސް އިބްރާހިމް އަލީމެވެ. ދެ ފަންގިފިލައަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި އިމާރާތް ނިންމުމަށް ހަމަޖެހިފައިވަނީ 250 ދުވަހުގެ ތެރޭގައެވެ.
ގއ. ކޮލަމާފުށިގައި އަލަށް އިމާރާތްކުރާ އޮފީސް އިމާރާތުގެ ބިންގާ އެމް.ޑީ އަޙްމަދު ސައީދް އާއި ކޮލަމާފުށި ކައުންސިލްގެ ރައީސް އިބްރާހިމް އަލީމް މިއަދު އަޅުއްވައިދެއްވައިފި. #ޓީމްފެނަކަ (1/2) pic.twitter.com/nI2yccLCYH
— Fenaka Corporation Ltd (@TeamFenaka) December 11, 2020
ގދ.ގައްދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އައު އިންޖީނުގޭގެ ބިންގާ އަޅުއްވައި ދެއްވާފައިވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދުގެ އިތުރުން ގައްދޫ ދާއިރާގެ މެމްބަރު އަޙްމަދު ޒާހިރުއެވެ.
(2/2) pic.twitter.com/EKYv58b1Ue
— Fenaka Corporation Ltd (@TeamFenaka) December 11, 2020
ފެނަކައިން އަންނަނީ އެކިއެކި ރަށްތަކުގެ އިންޖީނުގެތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ހިނގާ 2020 ވަނަ އަހަރު ނިމެންވާ އިރަށް 28 ތަނެއް އެއްކޮށް ބަދަލުކޮށް އަދި ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި 56 ރަށެއްގެ އިންޖީނުގެތައް ތަރައްގީ ކުރުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!