ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ކޯވިޑް-19 އަށް ފަރުވާދެމުންދިޔަ ދިވެއްސެއް މިއަދު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި މިއަދު ހެނދުނު 9:34 ގައި މި ބަލީގައި ނިޔާވެފައިވަނީ 69 އަހަރުގެ ފިރިހެނެކެވެ.

Ad
rt

މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 48 ވަނަ މީހާއެވެ. މީގެތެރޭގައި ހިމެނެނީ 40 ދިވެހިންނާއި 8 ބިދޭސީންނެވެ. އެންމެ ފަހުން ކޯވިޑް-19ގައި މިބަލީގައި މީހަކު ނިޔާވެފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ.

މިހާތަނަށް ރާއްޖެއިން 13308 މީހުން ކޯވިޑް-19 ޖެހިފައިވާއިރު 12621 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ