ރަށްރަށުގައި ކުށްމަދު އަމާން މާހައުލެއް ގާއިމުކޮށް ރައްޔިތުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. ނޭކުރެންދުއާއި ހދ.ނޮޅިވަރަންފަރުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނެފައިވަނީ ހދ.ނޭކުރެންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި އެރަށުގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތުދީފައިވާނެ ކަމަށެވެ.
އެގޮތުން، ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ކުށެއް ހިނގައިފިނަމަ އަމަލުކުރަންވީ ގޮތްތަކާއި، ކުށްތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ފިހާރަތަކުން ވައްކަން ކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާނެ ކަމަށާއި އަދި ރާސްޓަސްއާއި ރީލޯޑް ކުރުމުގައި ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ ވިޔަފާރި ބަންދުކޮށްފައިދާއިރު ސަމާލުކަން ދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށާއި ވިޔަފާރި ބަންދުކުރުމަށްފަހު ފިހާރައިގައި ފައިސާ ނުބެހެއްޓުމަށާއި ރަނގަޅަށް ތަޅުލެވިފައި ހުރިތޯ ޔަގީން ކުރުމަށާއި ފިހާރަ ބަންދުކޮށްފައިދާއިރު ފިހާރައިގެ ބޭރުގައި މުދާ ނުބެހެއްޓުމަށާއި ރޭގަނޑު ބަންދުކޮށްފައި ހުންނައިރު ފިހާރައިގެ ތެރޭގައި އަލިކަމެއް ބެހެއްޓުމަށް އިރުޝާރުދީފައިވާނެ ކަމަށެވެ. އަދި ފިހާރައިގެ ސަލާމަތާއި ރައްކާތެރިކަމަށް ކެމެރާ ހަރުކުރުމަށް އިރުޝާދުދިނުމުގެ އިތުރުން އެމެޖެންސީ ހާލަތެއްދިމާ ވެއްޖެނަމަ ޕޮލިސް ސްޓޭޝަނަށް ގުޅާނެ ނަމްބަރު ވިޔަފާރިވެރިންނާއި ފުލުހުން ވަނީ ހިއްސާކޮށްފައެވެ.
ކުށްމަދު އަމާން ވެއްޓެއް ޤާއިމް ކުރުމަށް ހދ.ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނުން ވެސް ވަނީ މި ޑިސެމްބަރު 7 ވަނަ ދުވަހު ފަށާފައެވެ.މި ޕްރޮގްރާމަކީ މީހުން ދިރިއުޅޭ ގޭގެއަށް ޒިޔާރަށްކޮށް މައުލޫމާތުދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމް އެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެގޮތުން ފުލުހުން ވިދާޅުވީ ކުށްމަދު ކުރުމަށް ގޯތި ގެދޮރު ރައްކާތެރިކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ ކަންކަން އަންގައި ދިނުމާއި ކުށެއް ހިނގުމުން އަމަލުކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށާއި ކުށްތަކުން ރައްކާތެރިވެ ތިބުމާއި އެކަމަށް އެޅިދަނާނެ ފިޔަވަޅުތައް އަދި ކުށްކުރުމަށް އޮންނަ ފުރުސަތުތަށް ނައްތާލުމަށް ކުރެވިދާނެ ކަންކަމާއި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ ކަންކަމުން ރައްޔިތުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ރައްޔިތުންނަށް ހިއްސާކޮށްފައި ވާނެ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ވަނީ އެއްގަމު ދަތުރު ފަތުރު ކުރުމުގެ ގާނޫނަށް އަލަށް ގެނެސްފައިވާ ބަދަލުތަކުގެ މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ގޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުން މޫދަށާއި އެހެނިހެން ތަންތަނަށް އެކަނި ނުދިއުމަށާ އަދި ނުފޮނުވުމަށް ނަސޭހަތްތެރިވެ އިލްތިމާސްކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!