ޑްރޯންއެއް ބޭނުން ކޮށްގެން ކ. މާފުށީ ޖަލަށް ވައްދަން އުޅުނު އިލެކްޓްރޯނިކް އާލާތްތަކެއް އަތުލައިގެންފި އެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑްރޯން ބޭނުންކޮށްގެން މާފުށި ޖަލަށް ވައްދަން އުޅުނު ފޯނުތަކަކާއި އިތުރު އެއްޗެހިތަކެއް ޕްރިޒަންސް އޮފިސަރުން ރޭގެ ވަގުތެއްގައި އަތުލައިގެންފައިވާކަމަށެވެ.

Ad
rt

އަތުލައިގެންފައިވަނީ 8 މޮބައިލް ފޯނާއި، 6 ޗާޖަރާއި ވައިފައި ރައުޓަރެއްގެ އިތުރުން ސިމްތަކަކާއި 2 ސިމް ކާޑުކަމަށް

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ކުރެއްވި ޓުވީޓުގައިވަނީ އެ ތަކެތީގެ ފޮޓޯ ވެސް ހިމަނުއްވާފައި ވެއެވެ. އެހެން ނަމަވެސް އޭގެ ތެރޭގައި ޑްރޯންގެ ފޮޓޯއެއް ނެތެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް ގަވާއިދާ ޚިލާފަށް ގިނަ ޢަދަދެއްގެ ތަކެތި ޖަލަށް ވައްދަން އުޅޭނިކޮށް ޕްރިޒަންސް އޮފިސަރުން ވަނީ ހިފަހައްޓާފައެވެ. އެގޮތުން އެފަހަރު ވަނީ 15 ސްމާޓް ފޯނާއި 6 ފޯނާއި ދެ މިނީ ފޯނުގެ އިތުރުން ޗާޖަރު ކޭބަލްތަކަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 43 ރަބަރު ކޮތަޅު ހިފަހައްޓާފައެވެ.

މާފުށީ ޖަލަށް ގަވާއިދާ ޚިލާފަށް ތަކެތި ވެއްދުން ހުއްޓުވުމަށް މާފުށީ ޕްރިޒަން އޮފިސަރުންނާއި މާފުށީ ފުލުހުން ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.