ޗައިނާއިން ހަނދުގެ ފަށަލައާއި ބިން ދިރާސާ ކުރުމަށް ޖައްވަށް ފޮނުވާލި "ޗަންގެ-5 މޫން މިޝަން" އިން ދުނިޔެއަށް ހަނދުގެ ފަށަލައިގެ ސާފު ކުލަ ފޮޓޯތަކެއް ފޯރުކޮށްދީފިއެވެ.
ޕެނަރޯމާކޮށް ނަގާފައިވާ މި ފޮޓޯތަކަކީ ޖައްވަށް ފޮނުވާލި އުޅަނދު ހަނދުގެ މަތިން ނަގާފައިވާ ރީތި ފޮޓޯތަކެކެވެ. މިދިޔަ އަންގާރަ ދުވަހު މި އުޅަނދު ޖައްވަށް ޖައްސާފައިވާއިރު، އެ އުޅަނދު ވަގުތުން ވަނީ ހަނދުގައިވ ގާތަކާއި، ހިރަފުސް ފަދަ ތަކެތި އެއްކުރަން ފަށާފައެވެ. އަދި ޗައިނާއިން ލަފާ ކުރާ ގޮތުގައި މި ހަފްތާ ނިމެން ވާ އިރަށް މި ތަކެތި އަނބުރާ ދުނިޔެއަށް ފޮނުވާލެވޭ ވަރުވާނެކަމަށެވެ.
ޗަންގެ-5 އަކީ ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ޗައިނާއިން ޖައްވަށް ފޮނުވާލި3 ވަނަ އުޅަނދެވެ. އަދި މީގެ ކުރިން2 އުޅަނދު ޖައްވަށް ޗައިނާ އިން ވަނީ ފޮނުވާލާފައެވެ.
China's #ChangE5 probe has collected samples from the surface of the moon. This video captures the moment the spacecraft touches down on the moon. #exclusive pic.twitter.com/wp3Sdu1CNc
— China Xinhua News (@XHNews) December 2, 2020
މީގެ ހަފްތާއެއް ކުރިން ބަރުދަނުގައި 8 ޓަނު ހުރި ޖައްވީ އުޅަނދެއް ޗައިނާއިން ޖައްވަށް ފޮނުވާލާފައިވާއިރު، އެ އުޅަނދު ދެބައިވެ، ހަނދުގެ ފަށަލައިގެ ވަށައިގެން ވަނީ ބުރުޖަހަން ފަށާފައެވެ. މި ވަގުތު އެ އުޅަނދުން ސާންޕަލް ނެގުން ކުރިއަށް ދާއިރު، މި ތަކެތި އަނބުރާ ދުނިޔެއަށް އިތުރު ތަހުލީލު ކުރުމަށް ވަނީ ގެނައުމަށް ނިންމާފައެވެ.

ދުނިޔެއަށް އެންމެ ފަހުން ހަނދުން އެއްޗެއް ގެނައީ މީގެ 44 އަހަރު ކުރިންނެވެ. މީގެ ކުރިން އެމެރިކާގެ އެޕޯލީ އަދި ޗައިނާގެ ޖައްވީ އުޅަނދު ތަކުން ވަނީ 400 ކިލޯގެ ތަކެތި ވަނީ ދުނިޔެއަށް ގެނެސްފައެވެ. ނަމަވެސް، ޗަންގެ-5 އިން ގެންނަނީ ހަނދުގެ އެހެން ދިމާލަކުން ސާންޕަލް ތަކެއް ކަމުން، މި ތަކެތީގެ ޒަރީޢާއިން ހަނދާއި ބެހޭ އިތުރު މަޢުލޫމާތު ލިބިގެންދާނެކަމަށް ސައިންސްވެރިން ވަނީ ލަފާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!