ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި ފަސް ބޭފުޅަކަށް ރައްޔިތުންގެ މަޖިލިސްއިން ރުހުން ދީފިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި ފަސް ބޭފުޅަކަށް ރައްޔިތުންގެ މަޖިލިސްއިން ރުހުން ދިނީ، މިއަދު ކުރިއަށް ދިޔަ ޖަލްސާގައި އެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ފޮނުއްވާފައިވާ މައްސަލަ، ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުމަށްފަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި އެކަމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލެއްވި 9 ބޭފުޅެއްގެ ނަންފުޅު، ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު މަޖިލިސްއަށް ފޮނުވާފައެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި މަޖިލީހުން ފާސްކުރެއްވި 5 ބޭފުޅުން
- އަލްއުސްތާޛު މުޙައްމަދު މުނައްވަރު ޢަލީ، އއ. މަތިވެރި/ ވެސްޓްބީޗް
- އަލްއުސްތާޛާ ފާޠިމަތު މިންޙަތު ޢިއްޒަތު، ގ.ގޮފި.
- އަލްފާޟިލް އިސްމާޢީލް ސާޖިދު، މއ. ވިލާރޮދި
- އަލްފާޟިލް ޙުސައިން ޒައިދާން ޖަލީލް، މ. ފާމުދޭރިގެ
- އަލްއުސްތާޛު އަޙްމަދު އަޝްރަފް، ދަފްތަރު ނަންބަރު ރސ 7883
ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. އެ ޓްރައިބިއުނަލްއަށް މެމްބަރުން އައްޔަނުކުރަނީ މަޖިލީހުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ އެވެ.
މަޖިލިސްއިން ގެންދަވާ މަރުހަލާތައް ފުރިހަމަކޮށް، މިއަދު ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަނުކުރުމަށް ފަސްބޭފުޅަކަށް ރުހުންދީފައިވާއިރު، ޓެކްސް އެޕީލްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ މިމަހު 28 ވަނަ ދުވަހު އެ އިދާރާގެ ފަސް މެމްބަރުންގެ ދައުރު ހަމަވާތީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!