ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން، ވާހަކަ ދެއްކުމާއި ބަހުރުވައިގެ ދަތިކަން ހުންނަ ކުދިން ދެނެގަތުމުގެ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

ކޭއާރުއެޗުން ބުނީ މި ކޭމްޕަކީ، އެ ހޮސްޕިޓަލްގެ ސްޕީޗް ތެރަޕީ ޑިޕަރޓްމަންޓްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ކޭމްޕެއް ކަމަށެވެ.

Ad
rt

މިފެށޭ ޑިސެމްބަރު މަހުގެ 6 އިން 12 އަށް އެ ހޮސްޕިޓަލްގައި ކުރިއަށް ގެންދަން ނިންމާފައިވާ މިކޭމްޕް އަމާޒު ކުރެވިފައި ވަނީ 3 އަހަރާއި 12 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ކަމަށް ވެސް ކޭއާރުއެޗްއިން ބުންޏެވެ.

މި ކޭމްޕްގައި ކުރިއަށް ގެންދެވޭނެ ބައިތަކުގެ ތެރޭގައި ދަސްކުރުމާއި އުނގެނުމަށް ދަތިވުން، ވާހަކަ ދެއްކުން ލަސްވުން، އާ ގަތުމާއި އަޅައިގަންނަ ގޮތް ހުރުން އަދި އަކުރު އަދި ބަސްކިޔުމުގެ އުނދަގޫވުން ފަދަ ކަންކަން ދެނެގަނެވިގެންދާނެ ކަމަށް ކޭއާރުއެޗްއިން ބުންޏެވެ.

މި ކޭމްޕްގައި ބައިވެރިވުމަށް، މި ކޭމްޕް ކުރިއަށް ގެންދަން ނިންމާފައިވާ ތާރީޚް ކަމަށްވާ އަންނަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުން 12 ވަނަ ދުވަހަށް، އެދުވަސްތަކުގެ ހެނދުނު 09 އިން މެންދުރު 12 އަށް، އުފަންހިޔާގެ ފުރަތަމަ ފަންގިފިލާ އަށް ދިޔުމުން ކޭމްޕްގައި ބައިވެރިވެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.