ހޯރަފުށީގެ އަސްލު ނަމަކީ، ހޯރަފުށި ކަމަށްވެއެވެ. މިނަން ޢަރަބިބަހުން ކިޔެނީ ހުވަރަފުށި ކަމަށްވާތީ، ހުވަރަފުށި ރަސްމީ ނަމެއްގެ ގޮތުގައި ކަނޑައެޅިފަައި އޮތީ ކަމަށްވެއެވެ. މިއިން ދޭހަވަނީ ހޯރަފުށީގެ ޤަދީމީ ތާރީޚާއި ޢަރަބިންނާއި ގުޅުންހުރި ކަމެވެ. މިގޮތަށް 1980ގެ އަހަރުތަކާ ހަމަޔަށް ރަސްމީ ނަމަކީ ހުވަރަފުށި ކަމުގައިވިއެވެ.
މީގެ 30 އަހަރުކުރން 1990 ފެށުނުއިރު ރަސްމީ ނަމަކީ ހޯރަފުށި ކަމަށް ސަރުކާރުން ހަމަޖެއްސެވިއެވެ. ހޯރަފުށްޓަކީ ފަންނުވެރިކަމާއި ހުނަރުވެރިކަމުގެ ގޮތުން މުޅިރާއްޖެއަށް މަޝްހޫރު މަޤްބޫލު ރަށެކެވެ. ވަޠަނީ ޤައުމީ ރޫޙު ވަރުގަދަ ހިތްގައިމު މިސާލީ ރަށެކެވެ.

އެންމެ. ޒަމާނުގައި ކުޅަދާނަ ނެވިން ހިމެނުނު ރަށެކެވެ. މީގެ 110 ވަރަކަށް އަހަރުކުރިން. 1911ގެ. ރާއްޖޭގެ ފުރަތަމަ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބޮޑުތިލަދުންމަތިން އެންމެ އާބާދީ ބޮޑު ރަށަކީ ހޯރަފުށްޓެވެ. 1911ގައި. ހޯރަފުށީގެ އާބާދީއަކީ 1811އެވެ. 1911ގައި ބޮޑުތިލަދުންމަތިން 2ވަނައަށް އެންމެ އާބާދީ ބޮޑު ކުޅުދުއްފުށީގެ އާބާދީއަކީ، 1697އެވެ.

މީގެ 70 އަހަރުކުރިން އަމީނީ ދައުރު (1945-1953)ގެ ރަށްވެހިކަމުގެ ތެރެއިންވެސް ހޯރަފުށްޓަކީ ވިދާލި ރަށެކެވެ. މިގޮތުން ފުރަތަމަ ޖުމްހޫރިއްޔާގެ ދާރުއްރިޔާސާގައިވެސް ހޯރަފުށީގެ ޖިންސުއްލަޠީފުންގެ ފަރި ހަރަކާތްތައް ފުރިހަމަވެގެންވިއެވެ.
ހޯރަފުށީގެ ތާރީޚަށް ބަލާއިރު، މަޝްހޫރު މައުލަވީ ހުތް ޢަލިދީދީ (ދިވެހިބަހުން އެންމެ ފުރަތަމަ ޅެންހެއްދެވި)ގެ ދަރިކޮޅު ހޯރަފުށްޓާ ގުޅިފައިވާކަން ފާހަގަކުރެވެއެވެ. ޝައިޚް ޙުސައިން ފަހުމީމެން ބޭފުޅުންނެވެ.
ހޯޜަފުށިން އުފެދުނު އަދީބުންގެ ތެރެއިން މަޝްހޫރު ހޯރަފުށި އަލްމަރުޙޫމް އާދަމް ސަލީމް (ރަޙިމަހުﷲ) ފާހަގަކުރެވެއެވެ. އަދި މަޝްހޫރު ހިތްގައިމު ލަވަތަކުގެ ރީތިއަޑުގެވެރި ހޯރަފުށި އަލްމަރުޙޫމާ ފަރީދާ (ރަޙިމަހުﷲ) ފާހަގަކުރެވެއެވެ.
"ފެހިފެހި އާޒާދީ، ނޫރޭ އާވާނީ،
އުންމަތްވެގެން ޖަރީ، ޤައުމީ ރޫޙުން،
ޙަމްދަން ވެވޭނެހެން އަޚުނާއުޚުތުން"

ހޯރަފުށްޓަށް ނިސްބަތްވާ ލިޔުންތެރިންނާއި އަދަބީ ފަންނުވެރިން ގިނަގުނައެވެ. ނޫސްވެރިންނާއި މީޑިއާގެ ހުނަރުވެރިންވެސް ގިނައެވެ. މިކަންކަމުގެ އިސްސަފުގައި އެހާރާއި މިހާރުވެސްމެއެވެ. މަޑުލު މުޙައްމަދު ވަޙީދު، ހޯރަފުށި މުޙައްމަދު ސަލީމް، ހޯޜަފުށި އިބްރާހީމް ޚަލީލު، ފާހަގަކޮށްލެވެއެވެ. މިބޭފުޅުން ވަނީ ސަރުކާރުގެ އިސްމަޤާމުތަކެއް އަދާކުރައްވާފައެވެ. ޤައުމީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތެރިންވެސް ހޯރަފުއްޓަށް ނިޞްބަތްވެއެވެ.
ސިޔާސީ ގޮތުން، މިހާރު އެންމެ ބޮޑަށް ފާހަގަވެގެންވަނީ، ހޯރަފުށީ ދާއިރާގެ މެންބަރު އޮނަރަބްލް އަޙްމަދު ސަލީމް އަދި މިނސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އޮނަރަބްލް ޢާއިޝަތު ނަހުލާއެވެ. މިނިސްޓަރ ނަހުލާ ހިމެނިވަޑައިގަންނަވަނީ ހޯރަފުށީގެ ތާރީޚުގައި ފާަހަގަކުރެވޭ މިނިސްޓަރ ކަމުގައެވެ.
ލިއުނީ: މުޙައްމަދު ޝާތިރު
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!