ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ކޯލް ސެންޓަރ އިން ހިދުމަތް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލުގެނެސްފި އެވެ.
ވެމްކޯއިން މިއަދު ކަސްޓަމަރުންގެ ސަމާލުކަމަށް ނެރުނު މެސެޖެއްގައި ބުނެފައިވަނީ، 22 ނޮވެމްބަރ 2020 އިން ފެށިގެން ވެމްކޯގެ ކޯލް ސެންޓަރ އިން ހިދުމަތް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލު ގެނައެމަށް އެކުން ފުނިން ވަނީ ނިންމާފަ ކަމަށެވެ.
ވެމްކޯގެ ކޯލްސެންޓަރު ހުޅުވިފައި ހުންނާނީ ކޮންމެ ހޮނިހިރު ދުވަހަކުން ބުރާސްފަތި ދުވަހަށް ހެނދުނު 08:00 ނެ ރޭގަނޑު 08:00 އަށެވެ. އަދި ހުކުރު ދުވަސް ތަކުގައި މެންދުރު 02:00 ން ރޭގަނޑު 08:00 އަށް ކޯލް ސެންޓަރ ގެ ޚިދުމަތް ލިބޭނެކަމަށް ވެމްކޯއިން ބުނެފައިވެއެވެ.
ޚިދުމަތްތަކާއި ގުޅޭ މައުލޫމާތު ހޯއްދެވުމަށް ކޯލް ސެންޓަރު ހުޅުވިފައިވާ ވަގުތުތަކުގައި 1666 އަށް ގުޅުއްވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
ވެމްކޯއިން ވަނީ ފުރަބަންދާއި ގުޅިގެން ކަސްޓަމަރުންނަށް ފަސޭހަވާނޭހެން ގިނަ ބަދަލުތަކެއް ޚިދުމަތަށް ގެނެސް، ވެމްކޯއިން ދެވޭ ޚިދުމަތްތައް ފުރަބަންދުގެ ހާލަތާއި ގުޅުވައިގެން ކަސްޓަމަރުންނަށް ފަސޭހަކޮށް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!