ކޮވިޑް-19 ޖެހިގެން ރާއްޖެ އިން 72 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ މިރޭ އައިޖީއެމްއެޗް އީއާރް އަށް ގެންދިޔަ 72 އަހަރުގެ އެމީހާ ނިޔާވީ އިރުއޮއްސި 06:36 ގައި ކަމަށެވެ. އޭނާ ނިޔާވުމާއި ގުޅިގެން ރާއްޖޭގައި އޮންނަ ސިއްހީ ޕްރޮޓޮކޯލްގެ ދަށުން އޭނާ ކޮވިޑް އަށް ޓެސްޓް ކުރެވި ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވެއެވެ .

Ad
rt

މިރޭ ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އިތުރު މީހަކު ނިޔާވުމުން ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 45 އަށް އަރާފައެވެ.

އެގޮތުން އިއްޔެ ވާނީ ކޮވިޑް ބަލީގައި 2 މީހަކު ނިޔާވެފަައެވެ. އެއީ 79 އަހަރާއި 52 އަހަރުގެ ދެ ދިވެހި ފިރެހެނުންނެވެ. މިއަދުގެ މިހާތަނަށް ކޮވިޑް ބާލީގައި ހޮސްޕިޓަލުން ފަރުވާ ހޯދަމުން އަންނަ 59 ބަލިމީހުން އެބަތިބި ކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.

އަދި ދެމަސް ދުވަހު ޕޮޒިޓިވް ކޭސްތައް މަޑުމަޑުން ދައްވުމަށް ފަހު އަނެއްކާ މިއަދު ވަނީ 110 މީހުން ބައްޔަށް ޕޮޒިޓިވް ވެފައެވެ.