ފުލުހުން ހުއްޓުވާފައިވަނީ ތ. ތިމަރަފުށީގައި ބާއްވާ ކުޑަކުދިންގެ ހަވީރަކަށް އަމާޒުކޮށް ރާވާފައިވާ ހަމަލާއެއްކަމަށްބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވަނީ ސައްހަ މައުލޫމާތެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ރާއްޖޭގެ ތިން ސަރަހައްދަކުން މީހުން ހައްޔަރުކޮށް ތަންތަން ބަލާ ފާސްކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.
އެ އޮޕްރޭޝަން ކުރިއަށްދާ މިންވަރަކުން މައުލޫމާތު ފުލުހުން ހާމަކުރަމުންގެންނެކަމުގައި ވެސް ފުލުހުން ބުންޏެވެ.
"ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމާ ގުޅުން ހުރި މިފަދަ ހައްސާސް މައްސަލަތަކުގައި ކަމާގުޅޭ އިދާާރާތަކުން ހާމަކުރާ ސައްޙަ މައުލޫމާތު ނޫނީ ނުފެތުރުމަށް މީޑިއާތަކަށް އިލްތިމާސް ކުރަމެވެ."
ފުލުހުން ބުންޏެވެ.
ފުލުހުން ރޭ ހުއްޓުވި ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާއި ގުޅިގެން މިހާތަނަށް 6 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ މީހެ ކުރިން ބުނެފައެވެ.
ފުލުހުން ރޭ ބުނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެއަމަލު ހުއްޓުވާފައިވާކަމަށެވެ.
ފުލުހުން މިއަދު ބުނެފައިވަނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެއް ކަމަށެވެ. އަދި ތިމަރަފުށީން 31 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާއިރު އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހުސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ.
މި އޮޕަރޭޝަންގައި ފުލުހުން ހަރަކާތްތެރިވަމުންދަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީ ގައި، އަދި ތ. ތިމަރަފުށީގައި ކަމަށް ވެސް ރޭ ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!