އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްތަކުގެ ތެރެއިން 32 ރަށެއްގެ އައުޓްޑޯރ ޖިމްގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ސޮއިކޮށްފިއެވެ.

މިއަދު އެނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހީމްއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އިބްރާހިމް އަރީފްއެވެ.

Ad
rt

މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 4،101،134.17 ރުފިޔާއަށެވެ. އެގޮތުން އެއްބަސްވުމުގައި ސޮއިކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހޭއިރު 56 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ. މި އެއްބަސްވުމުގެ ދަށުން އައުޓްޑޯރ ޖިމް ގާއިމްކުރެވިގެންދާނެ ރަށްތަކަކީ؛

  • ހއ. ބާރަށް
  • ހއ. ތަކަންދޫ
  • ހއ.މުރައިދޫ
  • ހދ. ކުޅުދުއްފުށި
  • ހދ. ނޭކުރެންދޫ
  • ހދ. ކުމުންދޫ
  • ހދ. ވައިކަރަދޫ
  • ށ. ފޯކައިދޫ
  • ށ. ކަނޑިތީމު
  • ނ. ހެނބަދޫ
  • ނ. މާޅެންދޫ
  • ނ. ވެލިދޫ
  • ނ. ކުޑަފަރި
  • ނ. މާފަރު
  • ނ. މަނަދޫ
  • ރ. މަޑުއްވަރީ
  • ރ. އުނގޫފާރު
  • ރ. ރަސްގެތީމު
  • ރ. ހުޅުދުއްފާރު
  • ރ. އިނގުރައިދޫ
  • ރ. އިންނަމާދޫ
  • ރ. މީދޫ
  • ރ. ފައިނު
  • ބ. އޭދަފުށި
  • ބ. ކަމަދޫ
  • ބ. ގޮއިދޫ
  • ޅ. ކުރެންދޫ
  • ކ. ހިންމަފުށި
  • ކ. މާފުށި
  • ކ. ދިއްފުށި
  • ވިލިމާލެ
  • ކ. ތުލުސްދޫ

32 ރަށެއްގައި އައުޓްޑޯރ ޖިމްތަކެއް އެޅުމަށް ބޭނުންވާތަކެތި މާލެއިން ރަށްތަކަށް ގެންގޮސް ސައިޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިންސްޓްރީ އޮފް ޔޫތު، ސްޕޯރޓް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ފަރާތުން މިއަދު އިޢުލާން ކޮށްފައިވަނީ ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހު އެވެ.

ރާއްޖޭގެ 61 ރަށެއްގައި އައުޓްޑޯ ޖިމް ހަދަން ބޭނުންވާ ސާމާނު އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. އެކި ރަށްރަށުގައި އައުޓްޑޯ ޖިމް ހަދަން ބޭނުންވާ ސާމާނު އިންޑިއާ ސަރުކާރުން ދިނީ، އެ ގައުމުގެ ކުރީގެ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރާޖް މިދިޔަ އަހަރުގެ މާޗު މަހު ރާއްޖެ އަށް ކުރެއްވި ދަތުރުގައި ހަދިޔާ ކުރެއްވި 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިންނެވެ. ޖިމްތަކަށް ބޭނުންވާ ސާމާނު ގަތުމަށް އޭގެ ތެރެއިން އަށް މިލިއަން ރުފިޔާ ކަނޑައެޅިއިރު، ސާމާނަށް އޯޑަރުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.