މާލޭ ސިޓީގެ ފިހާރަތަކާއި ރެސްޓޯރެންޓްތަށް ހުޅުވައި އެތަންތަނުން ދެމުންއަންނަ ޚިދުމަތް ފޯރުކޮށްދެވޭނޭ ވަގުތު އިތުރުކޮށްފިއެވެ.
ކޯވިޑް-19 ގެ ސަބަބުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އެޗްޕީއޭއިން ލުއިދީފައިވާއިރު، ފިރާހަރަތަށް ހުޅުވައި ޚިދުމަތްދޭ ވަގުތުވެސް މި ވަނީ އިތިރުކޮށްފައެވެ. މި ލުޔާއި ގުޅިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މިއަދު ނެރެފައިވާ އިޢުލާނުގައި ބުނެފައިވަނީ މާލޭ ސިޓީގެ ފިހާރަތައް 08 ނޮވެމްބަރ 2020 އިން ފެށިގެން ފަތިހު 5:00 އން ރޭގަނޑު 11:00 އަށް ޚިދުމަތް ދެވޭނެކަމަށެވެ. މީގެކުރިން ފިހާރަތައް ހުޅުވާފައި ބެހެއްޓެނީ ހެނދުނު 0600 އިން ރޭގަނޑު 1000 އަށެވެ.
މި ތާރީޚުން ފެށިގެން ކެފޭ ރެސްޓޯރެންޓްތައް މިހާރު ވަނީ ފަތިހު 0430 އިން ރޭގަނޑު 1130 އަށް ޚިދުމަތް ދެވޭގޮތަށް ބަދަލުކޮށްފައެވެ. މީގެކުރިން ކެފޭ އަދި ރެސްޓޯރެންޓްފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓެނީ ރޭގަނޑު 1000 އާ ހަމައަށެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކޮށްފައިވާ އިޢުލާނުގައި އިތުރަށް ބުނެފައިވަނީ ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރިކުރާ ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓްތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރަން ވާނެކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފައިވާއިރު މިހާރު ފަތިހު ހަތަރަކުން ރޭގަނޑު ބާރައަށް މާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅެވޭ ގޮތަށްވަނީ ހަމަޖައްސާފައެވެ. އަދި އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން މާލޭ ސަރަހައްދުގެ މައިޒާންތަކާއި ޕާކުތައްވެސް މިހާރުވަނީ ހުޅުވުމުގެ ހުއްދަ ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!