އެމެރިކާގައި އަންގާރަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު، އިދިކޮޅު ޑިމޮކްރަޓިކް ޕާޓިގެ ފަރާތުން ވާދަކުރެއްވި ޖޯ ބައިޑެން ކާމިޔާބު ކުރައްވައިފިއެވެ.
ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ބައިޑެން ވަނީ 284 އިލެކްޓޯރަލް ވޯޓު ހޯއްދަވައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ.
ޖޯ ބައިޑެންއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެކަން ހާމަވެގެންދިޔައީ، ޕެންސިލްވޭނިއާގެ ވޯޓު ގުނައި، ބައިޑެންއަށް ކަށަވަރުވި އިލެކްޓޯރަލް ވޯޓުގެ އަދަދު 270 އަށްވުރެ މައްޗަށް ދިއުމާ ގުޅިގެންނެވެ.
ވާދަވެރި އިންތިޚާބަކަށްފަހު ރައީސް ޑޮނަލްޑް ޓްރަންޕު ބަލިކުރައްވާ އިދިކޮޅު ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އިންތިޚާބު ކާމިޔާބުކުރައްވާފައިވާކަން އިންޓަރނޭޝަނަލް ބޮޑެތި މީޑިޔާތަކުންވެސް ވަނީ ކަށަވަރުކުރައްވާފަ އެވެ.
ތިން ދުވަހުގެ އިންތިޒާރަކަށްފަހު ޖޯ ބައިޑަން އިންތިޚާބު ކާމިޔާބުކޮށްފައި މިވަނީ މިދިޔަ ރިޔާސީ އިންތިޚާބުގައި މިހާރު ރައީސް ޓްރަންޕު ކާމިޔާބުކުރެއްވި ބޮޑެތި ސިޓީތަކުގެ ނަތީޖާ އަނބުރާލައްވާފައެވެ. މީގެތެޜޭގައި އެރިޒޯނާ ، ފެންސަލްވޭނިއާ، ޖޯޖިއާވެސް ހިމެނެއެވެ.
ޖޯ ބައިޑެން ވެވަޑައި ގަންނަވާނީ 46 ވަނަ ރައީސަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!