ސިވިލް ސާވިސް މުވައްޒަފުންނާއި އާންމުން އެކިއެކި ބޭނުންތަކުގައި އެ ކޮމިޝަނަށް މުއާމަލާތު ކުރާއިރު މައުލޫމާތު ލިބިދިނުން ފަސޭހަކޮށްދިނުމަށް އިންތިޒާމުތަކެއް ހަމަޖައްސައިފިއެވެ.
ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނެރުނު ސާކިޔުލާއެއްގައި ބުނީ ފޯނަށް ނުގުޅޭ ހާލަތުގައިވެސް ކޮމިޝަނާ މުއާމަލާތް ކުރެވޭނެ ގޮތްތައް މިހާރު ވަނީ ހަމަޖަައްސާފައިކަމަށެވެ.
ސީއެސްސީ އިން ބުނީ ކޮމިޝަނުގެ ވެބްސަިއޓުގައި، އެކިއެކި ބޭނުންތަކަށް ކޮމިޝަނުގެ މުވައްޒަފުންނާ މުއާމަލާތް ކުރުމަށް ޗެޓް ފީޗާއެއް ގާއިމްކޮށްފައިވާނެ ކަމަށާއި ކޮމިޝަނުގެ އިދާރާ އިން އެއްވެސް ކަމެއް ސާފުކުރަން ބޭނުންނަމަ އެ ފީޗާ ބޭނުންކުރެވޭނެ ކަމަށެވެ.
ކޮމިޝަނުން މައުލޫމާތު ސާފުކުރަން ބޭނުންނަމަ ކޮމިޝަނަށް އީމެއިލް މެދުވެރިކޮށް އެ ހޯދަން ބޭނުންވާ މައުލޫމާތާ ގުޅޭ ކުރު ހުލާސާ އެއް ފޮނުވުމުން ރަސްމީ އެއް ދުވަހުގެ ތެރޭގައި ކޮމިޝަނުން ގުޅާނެ ކަމަށައި ނުވަތަ އީމެއިލް މެދުވެރިކޮށް އެ ޖަވާބު ފޯރުކޮށްދޭނެ ކަމަށް ސީއެސްސީ އިން ބުނެފައިވެއެވެ.
ވަކި މުވައްޒަފަކާ ގުޅަން ބޭނުންނަމަ ކޮމިޝަނުގެ އިދާރާގެ ވެބްސައިޓުގައި އީމެއިލް އަދި ނަންބަރުތައް ޝާއިއުކޮށްފައިވާނެ މުވައްޒަފަކާ ފޯނުން ނުގުޅިއްޖެނަމަ، އީމެއިލް ކުރުމުން ރަސްމީ އެއް ދުވަސް ތެރޭ އީމެއިލް އަށް ޖަވާބު ލިބޭނެ
ސީއެސްސީ އިން ބުނެފައި ވެއެވެ.
ކޮމިޝަނުގެ ރިސެޕްޝަން ނަންބަރަށް ނުގުޅޭނަމަ ހޮޓްލައިން ނަންބަރު 7799280 އަށް ގުޅޭނެ ކަމަށާއި އެ ނަންބަރުންވެސް ޖަވާބު ނުލިބިއްޖެނަމަ، ގުޅާ ފަރާތުގެ ނަމާއި ނަންބަރުޖަހައި އެސްއެމްއެސް ކުރުމުން އެއް ދުވަސް ތެރޭ އެ ފަރާތަކާ ގުޅާނެ ކަމަށް ސީއެސްސީ އިންބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!