ށ.ފޭދޫ ނާރެސް، އަހްމަދު ސާމީގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށްޓަކައި ށ.ފޭދޫ ކައުންސިލްގެ މުވައްޒަފުންގެ ފަރާތުން ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.

ފޭދޫ ކައުންސިލުން ބުނެފައިވަނީ، ކައުންސިލްގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަވަނީ އަހްމަދު ސާމީއަށް ހަދިޔާކޮށްފައެވެ. މި އެހީއާއި ހަވާލުވެފައިވަނީ އަހްމަދު ސާމީގެ ބައްޕަ ރަޝާދު ސަޢީދުއެވެ. އަދި އެހީ ހަވާލުކޮށްދެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ޝާމިރުއެވެ.

Ad
rt

ސާމީއަކީ ދެމަފިރިއަކަށް ލިބުނު ދެ ކުދިންގެ ތެރެއިން މިހާރު ދުނިޔޭގައި ހުރި ހަމަ އެކަނި ދަރިފުޅެވެ. 2018 ވަނަ އަހަރު އިންޑިޔާއަށް ގޮސް ހެދި މެޑިކަލް ޗެކަޕުން އެނގިގެން ދިޔައީ ސާމީގެ ދެ ކިޑްނީގެ މަސައްކަތް ދަށަށް ގޮސްފައިވާކެމެވެ. ސާމީބުނާގޮތުން އެ ދުވަހުން ފެށިގެން ކިޑްނީ ބަލީގެ ވޭން ތަޙައްމަލު ކުރަންޖެހޭނީ ކިހާ ދުވަހެއް ވަންދެންތޯ ވިސްނަން ފެށުނެވެ. އަދި ޔަޤީންވެގެން ދިޔައީ ކޮންމެވެސް ދުވަހަކުން ކިޑްނީ ޓްރާސްޕްލާންޓު ކުރަންޖެހޭނެ ކަމެވެ. އޭރު ސާމީގެ އުމުރުން އެންމެ 25 އަހަރެވެ.

އެ ދުވަހުން ފެށިގެން ފާއިތުވި ދެ އަހަރު ވެސް ސާމީ އައިސްފައިވަނީ ކިޑްނީ ބަލީގެ ވޭން ތަޙައްމަލު ކުރަމުންނެވެ. ބައްޔަށް ފަރުވާ ކުރަމުން އައި ނަމަވެސް 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ހެދި ޓެސްޓްތަކުން އެނގި ކަށަވަރުވެގެން ގޮސްފައިވަނީ ދެ ކިޑްނީގެ ހާލަތު އިތުރަށް ދަށްވެފައިވާކަމެވެ.

ދެ ކިޑްނީގެ ހާލަތު އިތުރަށް ދަށްވުމާއި ގުޅިގެން ޑޮކްޓަރުން އިރުޝާދު ދެއްވާފައިވަނީ ކޮންމެ ވަގުތަކުގައި ވެސް ޑަޔަލެސިސް ހަދަން ޖެހިދާނެ ކަމަށެވެ. ދެން އޮތް ފަރުވާއަކީ ކިޑްނީ ޓްރާންސްޕްލާންޓް ހެދުންކަމަށެވެ.

މަޔަކާއި ބަފައެއްގެ ހުރި ހަމައެކަނި ދަރިފުޅު ސަލާމަތް ކުރުމަށް ޓަކައި އެ މައިންބަފައިން ކިތަންމެ ބޮޑު ޤުރުބާނީ އެއްވެސް ވާނެއެވެ. އެއީ ފެންނަމުންދާ ހަޤީޤަތެވެ. ސާމީގެ މައިންބަފައިން ސާމީގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ކިޑްނީ ހަދިޔާ ކުރުމަށް ތައްޔާރަށް ތިބިނަމަވެސް އެކަމަށް ހުރަސް އަޅަމުންދަނީ އެ ކުޑަކުޑަ އާއިލާގެ މާލީ ހާލަތެވެ.

އަޙްމަދު ސާމީގެ ފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް:

ބީއެމްއެލް އެކައުންޓު ނަންބަރު :

‏7724533055001 MVR އަޙްމަދު ސާމީ

‏7730000204472 USD އަޙްމަދު ސާމީ

ފޯނު ނަންބަރު:

އަޙްމަދު ސާމީ 9143010

ރަޝާދު ސަޢީދު- ބައްޕަ 7938422

https://thiladhun.wonstasite.com/46396