ދޫނިދޫގައި ތިބޭ ގައިދީން ބޯން ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ލިބޭނެ އިންތިޒާމު މިހާރު ވަގުތީގޮތުން ހަމަޖައްސާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައިވަނީ، ދޫނިދޫ ޖަލުގައި ބަންދުގައި ތިބި މީހުން ބޯން އެކަށީގެންވާ ފެން ފޯރުކޮށް ނުދޭތީ އެކަމަށް ފިޔަވަޅު އަޅަން އެޗްއާރުސީއެމް އިން ނިިންމާ އިއްޔެ ނެރުނު ނޫސް ބަޔާނެއްގަ އެވެ.
މިއަދު ނެރުނު އެ ނޫސްބަޔާނުގައި ބުނެފައިވަނީ، ދޫނިދޫގައި ސާފުފެން ލިއްބައިދިނުމަށްޓަކައި އެރަށުގައި ފެން ޕްލާންޓެއް ބަހައްޓައިގެން ދަނީ ފެން ފޯރުކޮށްދެވެމުންކަމަށާއި މިގޮތުން
ފޯރުކޮށްދެވޭ ފެނަކީ ދޫނިދޫގައި ބަންދުކުރެވޭ ގައިދީންނާއި އަދި އެތަނުގައި ޑިއުޓީ ކުރާ ފުލުހުންނާއި އެހެންވެސް ބޭނުންތަކުގައި ދޫނިދޫއަށް އައިސް ގޮސްވާ ހުރިހާ އެންމެންވެސް ބޭނުންކުރާ ފެންކަމަށެވެ.
އެޗް.އާރް.ސީ.އެމްގެ ފަރާތުން ދޫނިދޫއަށްކުރި ޒިޔާރަތުގައި ފެން ޓެސްޓްކުރިއިރު ބައެއް ގޮޅިތަކުން ނެގުނު ފެނުގައި ކޮލިފޯމް ހުރިކަމަށް ފާހަގަކޮށް، 72 ގަޑިއިރުގެ މުހުލަތެއް 27 އޮކްޓޫބަރ 2020 ވަނަ ދުވަހު މި ސާރވިސްއަށް ސިޓީއަކުން އެންގުމުން އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް މޯލްޑިވްސް ޕޮލިސް ސާރވިސްއިން މިގެންދަނީ ކުރަމުން
އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ، އެތަނުގެ ބައެއް ފެންހޮޅިތައް ބަދަލުކުރުމާއި ފެން ސާފުކުރުމަށް ބޭނުންކުރާ ކްލޮރިނޭޝަން ސިސްޓަމާއި އަލްޓްރާ ވައިލެޓް ފިލްޓްރޭޝަން ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް އިސްކަމެއް ދީގެން ކުރިއަށް ގެންދާކަމަށެވެ.
ސަރުކާރު ބަންދު ދުވަސްތަކެއް އައުމާއި، އެއްވެސް އެސެޓެއް ގަތުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔެ ހުއްދަހޯދަންޖެހޭތީ އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެވެމުންދަނިކޮށް، މޯލްޑިވްސް ޕޮލިސް ސާރވިސްއިން މިކަން ރަނގަޅުކުރުމަށް ފިޔަވަޅު އަޅާފައި ނުވާކަމަށް ބަޔާންކޮށް އެޗް.އާރް.ސީ.އެމް.އިން ނޫސްބަޔާނެއް ނެރެފައިވަނީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅޭގޮތަށް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ބަޔާނަށް ރައްދު ދެއްވަމުން ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ވަނީ މިދިޔަ މަހުުގެ ފަހުކޮޅު އެ ކޮމިޝަނުން ދޫނިދޫ ޖަލަށް ކުރި ޒިޔާރަތުގައި އެތަނުގައި ބަންދުގައި ތިބި މީހުންނަށް ފޯރުކޮށްދޭ ފެން ތަހުލީލު ކުރިއިރު އެ ފެނުގައި ގިނަ އަދަދެއްގެ ބެކްޓީރިއާ ހުރި ކަން ފާހަގަވި ކަމަށެވެ.
އެ ފެނަކީ އެކަށީގެން ނުވާ ފެނެއް ކަމަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވެސް ކަނޑައަޅާފައިވާ ކަމަށާއި އަދި އޭގެ ސަބަބުން އިތުރު ބަލިތައް ޖެހުމުގެ ފުރުސަތު އޮތް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް ބުނާތީ ދޫނިދޫގައި ބަންދުގައި ތިބި މީހުންނަށް އެ ފެން ދިނުން ހުއްޓާލުމަށް ފަހު 72 ގަޑިއިރުގެ ތެރޭގައި ސާފު ބޯފެން ފޯރުކޮށްދޭން ފުލުހުންނަށް މިދިިޔަ ހަފުތާގައި އަންގާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!