މާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ މިއަދު ހެނދު އަމިއްލައަށް ގެއަށް ގޮސްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ވީނުވީއެއް ނޭނގިގެން ގެއްލިގެން ރޭ ފުލުހުން ހޯދަން އާންމުންގެ އެހީއަށް އެދިފައިވަނީ ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) އެވެ.

Ad
rt

އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނެފައިވަނީ ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ މިއަދު ހެނދުނު 08:45 ހާއިރު އަމިއްލައަށް ގެއަށް ގޮސްފައިވާ ކަމަށެވެ.

ޝިރުމީނާ ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ 22:45 ހާއިރު ކަމަށް ފުލުހުން ރޭބުނެފައިވެ އެވެ.

އޭނާ ގެއްލިގެން އާއިލާ އިން ހޯދަން ފަށާފައިވަނީ އެ ދުވަހުގެ މެނދުރުފަހު 13:30 އިން ފެށިގެންނެވެ.

ފުލުހުން އަންނަނީ ދޭތެރެ ދޭތެރެއިން މީހުން ގެއްލިގެން އާންމުންގެ ކިބައިން އެހީތެރިކަމަށް އެދެމުންނެވެ.