މުޅި ދައުލަތް މި އޮތީ އެޅިހައި ބަތަކަށް ރިހަވެފައިކަމަށް ވިދާޅުވެ ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރަން ނުޖެހޭކަމަށް އިންފޮމޭޝަން ކަމިޝަން އޮފީސް (އައިކޮމް) އިން ނިންމި ނިންމުމަށް ފާޑުވިދާޅުވެ ކުރެއްވި ޓުވިޓެއްގައި އަދުރޭވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކީހާ ޅެން ފަރިއްސަށްވެ ނިމުނީ ދޮތޯ ސުވާލު ކުރައްވާފަ އެވެ.

Ad
rt

"ހާމަ ކުރަންޖެހޭ މަޢުލޫމާތެއް މި ސަރުކާރުގައި އެބަ ހުރިބާ؟ ދިވެހިންނަށް މިހާރު މި ފެންނީ އަދިރި ދައުލަތަކުން ފެންނަމުންދާނޭ ސިފަތައް.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އާއި އިންފޮމޭޝަން ކަމިޝްނާ ހުސެއިން ފިޔާޒު މޫސާ ޓެގް ކުރައްވައި އަދުރޭ ޓްވިޓާގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން "މަޖިލީހުން ބޭއްވި ފޯރަމެއްގައި އެމްޑީއެންގެ ޝަހިންދާ އިސްމާއިލަށް ފުރުޞަތު ދީފި" މި ސުރުޙީގެ ދަށުން ގެނެސްދީފައިވާ ޚަބަރެއްގެ ފޮޓޯ ހިއްސާ ކުރައްވަމުން އަދުރޭ ވިދާޅުވެފައިވަނީ، މިއީ އިސްލާމް ދީނަށް ލޯބިކުރާ ދިވެހިންނަށް ރައީސް ނަޝީދު ދިން ބިރުވެރި އިންޒާރެއްކަމަށެވެ.

ޝަހިންދާ އަކީ މި ސަރުކާރުގެ ލާދީނީ އެޖެންޑާ ތަންފީޒު ކުރުމުގެ މުހިންމު ބައިވެރިއެއްކަން ކަށަވަރުކޮށްދިންކަމެއް. އަދި ޝަހިންދާ ފޮރުވައިގެން އުޅެނީ މި ސަރުކާރުންކަން އިތުރަށް ޔަގީންކޮށްދިން ހެއްކެއް.

އަދުރޭގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމުގައި އެންމެ އިސްކޮށް ހުންނެވި ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަންނަނީީ ސަރުކާރަށް ފާޑުވިދާޅުވެ ދޭތެރެ ދޭތެރެއިން ޓުވީޓު ކުރައްވަމުންނެވެ.