މި މަހުގެ 25 ވަނަ ދުވަހު ހެނދުނު ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ފައިސާތައް ފޭރެން އުޅުނު މައްސަލައިގެ ތުހުމަތުގައި 20 އަހަރުގެ ޒުވާނެއް ހައްޔަރު ކޮށްފިއެވެ.
އެމައްސަލައާއި ގުޅިގެން ފުލުހުން މިއަދު ބުނީ، ރޫޓު ފިހާރައިގެ ފައިސާތަކެއް ވަގަށް ނަގަން އުޅުނު މައްސަލައިގެ ތުހުމަތުގައިި ކޯޓު އަމުރެއްގެ ދަށުން 20 އަހަރުގެ ފިމީހަކު ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ހައްޔަރު ކޮށްފައި ވަނީ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރާއްޖޭގައި ދުންފަތާއި ސިނގިރެޓްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރޫޓް ފިހާރައިގެ ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރެން ބަޔަކު މަސައްކަތް ކުރީ، އެ ފައިސާތައް ބޭންކް އޮފް ސިލޯނަށް ޖަމާ ކުރަން ގެންގޮސް ފައިސާތައް ވޭނުން ބާލަން އުޅެނި ކޮށެވެ.
އާންމު ވެފައިވާ އެހާދިސާ ފެންނަ ވީޑިއޯގައި ފެންނަ ގޮތުން، ފައިސާ ހިފައިގެން ދިޔަ ވޭން މަޑުކޮށް ފައިސާތައް ބާލަން ތައްޔާރު ވުމުން، ހެލްމެޓު އެޅި ހަތަރު މީހަކު ގޮއިސް އެ ފައިސާތައް ފޭރެން މަސައްކަތް ކުރެއެވެ. ނަމަވެސް އެ ފޭރުން ނާކާމިޔާބު ކޮށްލާފައި ވަނީ، ބޭންކް އޮފް ސިލޯނުގެ ސެކިއުރިޓީ ގާޑާއި، އަދި ފައިސާ ހިފައިގެން އައި މީހުންގެ މަސައްކަތުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!