ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސް ކަމަށް ޤާސިމް އަބްދުލްކަރީމް އައްޔަނުކޮށްފި އެވެ.

ޤާސިމް އަބްދުލްކަރީމް އެންއައިސީ ރައީސްކަމަށް އައްޔަނު ކޮށްފައިވާ ކަމަށް ރައީސް ޞާލިޙް ރައްޔިތުންގެ މަޖިލިސްއަށް އަންގާފައިވާ ކަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ ޢިއުލާން ކުރަށްވާފައި އެވެ.

Ad
rt

މިހާރު ކުރިއަށްދާ މަޖިލިސްގެ ޖަލްސާގައި، ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދު ޖަލްސާ ފަށްޓަވަމުން ދެއްކެވި ވާހަކާގައި ތެރޭގައި ވަނީ، އެންއައިސީގެ ރައީސް ކަމަށް ގާސިމް އައްޔަނުކޮށްފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އިއްޔެ މަޖިލީހަށް އައްގަވާފައިވާ ކަމަށް ވިދާޅުވެފައި އެވެ.

ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، އެންއައިސީ އަށް ހަތަރު މެންބަރުން އައްޔަނުކޮށްފައިވަނީ މިހިނގާ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު އެވެ.

އެ ހަތަރު މެންބަރުންނަކީ ފާދިއްޕޮޅު ނައިފަރު، ނިކަގަސްދަށުގެ އަލްފާޟިލް ޤާސިމް ޢަބްދުލްކަރީމާއި، މާފަންނު ޕިސްތާގެ އަލްފާޟިލާ އާމިނަތު ޝާދިޔާއާއި، ގަލޮޅު ދޫރެސްވިލާ އަލްއުސްތާޛާ ޢާޝިޔަތު ޝިއުނާއާއި، ދަފްތަރު. ނަންބަރު ރސ 1188 އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަޙްމާނެވެ.

އެންއައިސީގެ ރައީސް ކަމަށް އައްޔަނުކުރެއްވި ޤާސިމަކީ، ކުރީ ސަރުކާރުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަޅާއަރުވާލި ފަރާތެވެ.