މާލޭ ހުޅަނގު ފަރާތު މޫދުގައި މިދިޔަ ހުކުރުދުވަހު މަރުވެފައި އޮއްވާ ފެނުނު ގދ. ވާދޫ، ރިމެމްބަރކަދާވަޑު އުމުރުން 31 އަހަރުގެ މުޙައްމަދު ސިދުރަތުﷲ އަޙްމަދު އެންމެ ފަހުން ފެނިފައިވަނީ ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށްކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެންމެ ފަހުން ސިދުރަތުﷲ ފެނުނީ 2020 އޮކްޓޯބަރ 22 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އާއި 10:00 އާ ދެމެދު ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށްކަމަށް ކަމަށެވެ.
ސިދުރަތުﷲ އެކަނި ހިނގާފައި ރަސްފަންނާ ދިމާލު މޫދާ ދިމާލަށް ދާ ވީޑިއޯ އެއް އާންމު ކުރަމުން މިއަދު ފުލުހުން ބުނީީ އައިޖީއެމްއެޗް ސަރަހައްދާ ދިމާލު މޫދު އަޑިން މަރުވެފައި އޮއްވާ ފެނުނު، ސިދުރަތުﷲގެ މަރުގެ ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
މޫދުގައި މަރުވެފައި އޮއްވާ ފެނުނު މުޙައްމަދު ސިދުރަތުﷲ އަޙްމަދު އެންމެ ފަހުން ފެނިފައިވަނީ 2020 އޮކްޓޯބަރ 22 ވަނަ ދުވަހުގެ 09:00 އާއި 10:00 އާ ދެމެދު ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށް. https://t.co/dlT5iwF4hk
1/2 pic.twitter.com/QDIsPMYTkm— Maldives Police (@PoliceMv) October 27, 2020
އެހެންކަމުން، އެ ދުވަހުގެ އެ ވަގުތުގައި ސިދުރަތުﷲއާއި ބައްދަލުވި ނުވަތަ ފެނުނު މީހަކު ވާނަމަ ނުވަތަ މަރުގެ މި ހާދިސާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިމަޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދޭން ފުލުހުން ވަނީ އެދިފައެވެ.
އައިޖީއެމްއެޗް އާއި ދިމާ ބޭރުން މޫދުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހުކުރު ދުވަހުގެ ހެނދުނު 10:40 ހާއިރު ކަމަށް ފުލުހުން އެ ދުވަހު ވަނީ ބުނެފައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!