ހދ. ނޭކުރެންދޫ ސްކޫލުގެ އިސް ވެރިން، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޢާއިޝަތު އަލީ އާއި ބައްދަލުކުރައްވައިފިއެވެ.

ގޫގުލް މީޓް މެދުވެރިކޮށް ބޭއްވެވި މި ބައްދަލުވުމުގައި، ނޭކުރެންދޫ ސްކޫލުގެ އިސްވެރިންނާއި މިނިސްޓަރގެ އިތުރުން، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

Ad
rt

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށް، ވާހަކަ ދެކެވިފައިވަނީ، ސްކޫލުގެ މެނޭޖްމެންޓްގެ ހުރި ހިތްހަމަ ނުޖެހުންތަކާއި، ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ބެލެނިވެރިންގެ ޝަކުވާތައް މިނިސްޓަރ އަރިހަށް ހުށަހެޅުމެވެ. އަދި މީގެ އިތުރުން، މެނޭޖްމެންޓް އަދި ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދޭނެ ގޮތްތަކާއި މެދުވެސް ވަނީ މަޝްވަރާކުރެވިގެން ގޮސްފައެވެ.

ކޯވިޑް-19 ގެ ސަބަބުން، ރާއްޖޭގެ ގިނަ އަތޮޅު ތަކެއްގެ ސްކޫލުތަކުގެ ކިޔެވުން ވަނީ މަޑުޖެހިފައެވެ. ޚާއްސަކޮށް މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވައި ދެމުން ގޮސްފައިވަނީ ބަޔެއް ގްރޭޑު ތަކަށެވެ. އަދި މި ނޫން ގްރޭޑުތަކަށް އޮންލައިން ކުލާސްތައް ނަގައިދެމުން ދިޔަ އިރު، ފުރަބަންދުގެ ތެރޭގައި އެޑިޔުކޭޝަން މިނިސްޓްރީއިން ވަނީ ޓެލެކިލާސް ތަކެއް ޓީވީ މެދުވެރިކޮށް ނަގާދީފައެވެ.

ކޯވިޑް-19 ގެ ޙާލަތު ރަނގަޅު އަތޮޅު ތެރޭގެ ސްކޫލުތަކުގައި ޢާންމު ޙާލަތުގައި ކިޔަވައި ދެމުން ދިޔަ ނަމަވެސް، ކޭސްތައް ފެންނަ މިންވަރުން، ބައެއް ރަށްތަކުގެ ސްކޫލުތައް ބަންދުކޮށް، ސްކޫލުތަކުގެ އިތުރުން ބެލެނިވެރިންނަށް ވަނީ ގިނަ ގުނަ ދަތިތަކެއް ތަހައްމަލު ކުރަން ޖެހިފައެވެ.

މީގެ ކުރިން މަކުނުދޫ ދާއިރާ ހިމެނޭ ކުމުންދޫ ސުކޫލާއިއެކުވެސް މިފަދަ ބައްދަލުވުމެއް ކުރިއަށް ގެންދެވިފައިވާކަމަށް މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާޢީ ވިދާޅުވެފައިވެއެވެ.