ރ. އުނގޫފާރުން މިއަދު ނެގި ރެންޑޮމް ސާމްޕަލްތަކެއްގެ ތެރެއިން 01 ސާމްޕަލް ޕޮޒިޓިވް ވުމާއި އެކުއެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައިއެރަށުން ޕޮޒިޓިވްވެފައިވަނީ އެރަށުގައި ދިރިއުޅެމުންދިޔަ ފަރާތެކެވެ.
އެ ރަށުން ސާމްޕަލް ނަގާފައިވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުންދާ ރ.ކުޑަކުރަތުން ބިދޭސީންތަކެއް އިއްޔެ ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
ރ އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލް ހުންނަ އުނގޫފާރަކީ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޑޮކްޓަރަށް ދެއްކުމަށް އެކި ރަށްރަށުން ގޮސް ހަދައި އުޅޭ ރަށެކެވެ. އަދި ކޮވިޑްގެ ހާލަތާއި ގުޅިގެން މާލެއަށް ޑޮކްޓަރަށް ދައްކަން ނާދެވޭތޯ އެކި އަތޮޅުތަކުންވެސް މީހުން އެރަށަށް ޑޮކްޓަރަށް ދައްކަން ދެ އެވެ.
ރާއްޖޭގެ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިވަގުތު ރާއްޖޭގެ 22 ރަށެއްގައި ކޮވިޑްގެ 45 އެކްޓިވް ކޭސް އެބަ އުޅެއެވެ. އަދި މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތީ ހދ.ކުޅުދުއްފުށި އެކަންޏެވެ.
ރާއްޖެއިން ކޮވިޑަށް 11،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، 37 މީހަކު ވަނީ ނިޔާވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!