ޖިންސީ ގޯނާއާއި ދެކޮޅަށް މަސައްކަތް ކުރާ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ "ވޮއިސް އޮފް ޗިލްޑްރެންސް" ޖިންސީ ގޯނާއާއި ދެކޮޅަށް އަޑު އުފުލަން މިއަދު އެއްވާން ނިންމައިފިއެވެ.
އެ ޖަމްޢިއްޔާގެ ރަސްމީ ފޭސްބުކް ޕޭޖާއި، ޓުވީޓާގައި އާންމު ކުރި މެސެޖެއްގައި ބުނެފައި ވަނީ ޖިންސީ ގޯނާއާއި ދެކޮޅަށް އަޑު އުފުލުމަށް މިއަދު ހަވީރު 4:00 ގައި ނުކުތުމަށް ގޮވާލާ ކަމަށެވެ.
މިގޮތުން ނުކުންނަށް އެދިފައި ވަނީ މާލޭ ސިޓީގެ މަޖީދީމަގު، ހުސްނޫ ގޭ ކުރިމަށްޗަށެވެ. އަދި އެ ޕޯސްޓްގައި ބުނެފައި ވަނީ " އެންމެން ޖިންސީ ގޯނާއާއި ދެކޮޅަށް'' ޚިޔާލު ފާޅުކޮށް އަޑު އުފުލަން ނުކުތުމަށެވެ.
މިއަދު "ވޮއިސް އޮފް ޗިލްޑްރެންސް" އިން ޖިންސީ ގޯނާއާއި ދެކޮޅަށް އަޑު އުފުލަން ނިންމާފައިވާއިރު، އެ ޖަމްޢިއްޔާއިން އިސްވެ މީގެ ކުރީން ވެސް ވަނީ ޖިންސީ ގޯނާއާއި ދެކޮޅަށް އަޑު އުފުލުމަށް ގިނަ ޙަރަކާތްތަކެއް ހިންގައިފައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!