ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭން އެއް އެކްސިޑެންޓް ވެއްޖެއެވެ.

މ. އަތޮޅުގައި އޮންނަ މެދުފުށި ރިސޯޓް ކައިރީ ހިނގި މިހާދިސާގައި، އެކްސިޑެންޓް ވެފައި ވަނީ ޓީއެމްއޭގެ ޑީއެޗްސީ- 6 މަރުކާގެ މަތިންދާ ބޯޓެކެވެ.

Ad
rt

އެ ބޯޓުގައި 14 ފަސެންޖަރުންނާއި، ކްރޫން ތިބި ކަމަށް މަޢުލޫމާތު ލިބިފައިވާއިރު، އެ ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ސިވިލް އޭވިއޭޝަނުން މައުލޫމާތު ހާމަކުރަށްވާފައިވާ ގޮތުގައި، އެ އެކްސިޑެންޓްވީ މެދުފުށި ވޯޓާ އޭރޯޑްރޯމްގެ ވޯޓާ ރަންވޭއަށް ޖެއްސުމަށްފަހު ފަޅުގައި އަޅާފައި އޮތް އުޅަނދެއްގައި ބޯޓުގެ ވާތް ފަރާތު ފިޔަގަނޑު ޖެހިގެން ކަމަށެވެ.

މި ބޯޓު އެކްސިޑެންޓްވީ ހެނދުނު 11:18 އިގައި އެވެ. ސިވިލްއޭވިއޭޝަނުން ދަނީ އެކަން ބަލައި ތަހުގީގެއް ކުރަމުންނެވެ.