ހދ. ކުޅުދުއްފުށި ސިޓީއިން ޕޮލިސް ކުލަސްޓާއާއި ގުޅިގެން ނެގި 78 ސާމްޕަލާއި އެރަށުން ރެންޑަމްކޮށް ނެގި 120 ސާމްޕަލް ވެސް ނެގެޓިވްވެފައިވާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުﷲ މައުރޫފް ވިދާޅުވީ މިމަހުގެ 18 ވަނަ ދުވަހު ކުޅުދުއްފުށިން ހަތަރު މީހަކު ޕޮޒިޓިވްވެފައިވާއިރު އެމީހުންނާއި ކޮންޓެކްޓްވި 78 މީހަކާއި އަދި އެރަށުގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް ރެންޑަމްކޮށް 120 ސާމްޕަލެއް ނަގާފައިވާ ކަމަށާއި އެހުރިހާ ސާމްޕަލެއް ވެސް ނެގެޓިވްވެފައިވާ ކަމަށެވެ.

Ad
rt

މި 120 ސާމްޕަލް ނަގާފައި ވަނީ ރެއިން ފެށިގެން ކަމަށާއި ހާއްސަކޮށްފައި ވަނީ ކޮމިއުނިޓީއާ ގުޅުން ހުރި އަދި ކޮމިއުނިޓީއަށް ހިދުމަތްދޭ ފަރާތްތަކުން ކަމަށް މައުރޫފް ވިދާޅުވިއެވެ. އެ ރަށުގައި ހުރި ގެތަކުގެ ތެރެއިން ބަލީގެ އަލާމަތް ހުރި މީހުން ދެނެގަނެ އެ ގެތަކަށް ގޮސްގެން ސާމްޕަލްވެސް ނަގާފައިވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

ރެންޑަމް ސާމްޕަލް ނެގުމުގައި ބަލާފައި ވަނީ ކޮމިއުނިޓީ ސާވިސްދޭ ފަރާތްތަކަށް، އެގޮތުން ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 34 ސާމްޕަލަކާއި 17 ފިހާރައަކުން އަދި 24 ކެފޭ ރެސްޓޯރަންޓެއްގެ އިތުރުން ބޭންކާއި އެއާޕޯޓުން 13 ސާމްޕަލެއް ވަނީ ނަގާފަ އަދި ޓެކްސީގެ ހިދުމަތްދޭ 11 މީހެއްގެ ސާމްޕަލް ނަަގާފައިވާއިރު ބޯޓު ފަހަރުތަކުން ވެސް 10 މީހެއްގެ ސާމްޕަލް ނެގި

މައުރޫފް ވިދާޅުވި އެވެ.

އެންމެން ވެސް ބައްޔަށް ނެގެޓިވްވެފައިވާއިރު މިމަހުގެ 18 ގެ ފަހުން އެއްވެސް މީހަކު އެރަށުން ޕޮޒިޓިވް ނުވާ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވި ގޮތުގައި އެ ރަށުގެ ޓާސްކް ފޯހާއި އެޗްއީއޯސީ ގުޅިގެން ދަނީ ރައްޔިތުން ހޭލުންތެރިކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ރަށުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައިވާއިރު ބަލީގެ އަލާމާތެއް ކިރިޔާ ވެސް ފެނިއްޖެނަމަ އެރަށުގައި ހުރި ފްލޫ ކްލިނިކަށް ދެއްކުމަށް ވަނީ އެދިފަ އެވެ.

ކުޅުދުއްފުށި މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތްއިރު، އެ ރަށުގައި މިވަގުތު ޕޮޒިޓިވްވެފައިވާ 11 މީހުން އެބަތިއްބެވެ. އެއީ، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ދެނެގަތް 8 މީހަކާއި، ރެންޑަމް ސާމްޕަލަކުން ޕޮޒިޓިވްވި 2 މީހެއްގެ އިތުރުން އަލާމާތްތައް ފެނިގެން ޓެސްޓުކޮސްގެން ޕޮޒިޓިވްވި މީހެކެވެ.

ކޮވިޑް-19ގެ ގުޅުން ނެތް ޕޮޒިޓިވް ކޭސްތަަކެއް ކުޅުދުއްފުށިން ފެންނަމުން ދަނީ އެރަށުގައި ލޯކަލް ޓްރާންސްމިޝަނެއް ހިނގަމުންދާތީ ކަމަށް އެޗްއީއޯސީ އިން ވަނީ ބުނެފައެވެ