ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ސްޓީވީ އިންޓަރނޭޝަނަލް ބިޒްނަސް އެވާރޑު"ގައި މި އަހަރު އުރީދޫ އަށް ރަންވަނަތަކެއް ލިބިއްޖެއެވެ.

މި އަަހަރުގެ އެވާރޑުތަކުގެ ތެރެއިން އުރީދޫއަށް ވަނީ 26 އިންޓަރނޭޝަނަލް ބިޒްނަސް އެވާރޑްތަކެއް ލިބިފައެވެ. އަދި މި ކުންފުނި ވަނީ މުޅި ދުނިޔޭގައި، ޓެލެކޮމިޔުނިކޭޝަންގެ ދާއިރާއިން ފާހަގަ ކޮށްލެވޭ ވަރުގެ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މީގެ ތެރޭގައި، ޓެކްނޮލޮޖީ އިޖާދުކުރުމާއި، އިޖްތިމާޢީ ޒިންމާތަކުގެ އިތުރުން ވިޔަފާރި ކުރިއެރުވުންވެސް ހިމެނެއެވެ.

Ad
rt

މިއަަހަރުގެ ސްޓީވީ އިންޓަރނޭޝަނަލް ބިޒްނަސް އެވޯރޑުތަކަށް ބަލާލާއިރު، އުރީދޫ އަށް ވަނީ މި ހަފްލާއިން އެކަނި 17 އެވޯރޑެއް ލިބިފައެވެ. އޭގެ ތެރޭގައި 3 ރަން އެވޯރޑު، 5 ރިހި އަދި 8 ލޯ އެވޯރޑުވަނީ ލިބިފައެވެ. އުރީދޫއަށް ގިނަ އެވޯރޑުތަކެއް ލިބުމުގެ ސަބަބުން، އުރީދޫ ގުރޫޕަށް ވަނީ "ގްރޭންޑް ސްޓީވީ - ބެސްޓް އޮފް އައިބީއޭ އެވޯރޑް" ލިބިފައެވެ. އަދި މިއީ މި އެވާރޑުތަކުގައި އުރީދޫއިން އެންމެ މަތީ 10 ކުންފުނީގެ ތެރޭގައި ހިމެނޭ 5 ވަނަ އަހަރެވެ.

އުރީދޫ - ޤަތަރަށް އެންމެ މޮޅު އިޖާދުކުރުންތައް އިޖާދުކޮށްފައިވާ އެވާރޑު ލިބިފައިވާއިރު، އުރީދޫ - ދިވެހިރާއްޖެއަށް ވަނީ ޓެލެކޮމިޔުނިކޭޝަން ދާއިރާއިން އެންމެ މޮޅު ކުންފުނީގެ އެވޯރޑު ލިބިފައެވެ. އަދި ރާއްޖެއަށް އެންމެ އަވަސް 4ޖީ+ ފޯރުކޮށްދޭ މުއާސަލާތީ ކުންފުނިކަންވެސް ވަނީ ފަހާގަކޮށްފައެވެ. އުރީދޫ - އޮމާން އަށް ސޯޝަލް ރެސްޕޯންސިބިލިޓީ ޕްރޮގުރާމް އެވާރޑް ވެސް ވަނީ ލިބިފައެވެ.

މި އެވޯރޑުތައް އުރީދޫއަށް ލިބުމުގެ މުނާސަބަތުގައި އެ ކުންފުނީގެ ސީއީއޯ ޝޭޚް ސަޢުދު ބިން ނަޞީރު އަލް ޡާނީ ވިދާޅުވެފައިވަނީ، މި ކާމިޔާބީގައި ވަރަށް ބޮޑަށް އުފާވާ ކަމަށެވެ. އަދި މިއީ އެ ކުންފުނީގެ އަމާޒުތަކާއި ލަނޑުދަނޑިތައް ހާޞިލް ކުރުމަށް ލިބޭ އިތުރު ހިތްވަރެކެވެ. އަދި މި އެވޯރޑުތަކަކީ އެ ކުންފުނިން ކުރަމުން އަންނަ ބުރަ މަސައްކަތްތަށް ވަރަށް ރަނގަޅަށް ދައްކުވައިދޭ ކަންކަމެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެ ކުންފުނިން ދުނިޔޭގެ ކަންކޮޅުތަކަށް މޯބައިލް ސާރވިސްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދެމުން ދާނޭކަމެވެ.

17ވަނަ އަހަރީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސްއިން ލިބިފައިވާ އެވޯޑުތައް

  • ގޯލްޑް ސްޓީވީ – ކޮންޕެނީ އޮފް ދަ އިޔަރ (ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާއިން، މެދު ފަންތީގެ ވިޔަފާރިތައް)
  • ސިލްވަރ ސްޓީވީ – މޯސްޓް އިނޮވޭޓިވް ކޮންޕެނީ އޮފް ދަ އިޔަރ ( 2500 މުވައްޒަފުނާއި ހަމައަށް)
  • ބްރޮންޒް ސްޓީވީ – މޯބައިލް ސައިޓް އެންޑް އެޕް (ވިޔަފާރި)
  • ބްރޮންޒް ސްޓީވީ – މޯސްޓް ވެލުއަބަލް ކޯޕޮރޭޓް ރެސްޕޯންސް

އޭޝިއާ ޕެސިފިކް އެވޯޑްސްއިން ލިބިފައިވާ އެވޯޑުތައް

  • ގޯލްޑް ސްޓީވީ – އެވޯޑް ފޮރ އިނޮވޭޝަން އިން އެޕްސް
  • ގޯލްޑް ސްޓީވީ – އެވޯޑް ފޮރ އިނޮވޭޝަން އިން ކަސްޓަމަރ ސަރވިސް
  • ސިލްވަރ ސްޓީވީ – އެވޯޑް ފޮރ އެކްސަލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ