ހއ. ހޯރަފުށީގައި ފެން ބަންދު ކުރާ ބޮޓެލިން ޕްލާންޓެއް ބަހައްޓައި ދޭނެ ބަޔަކު ހޯދަމަށް ފެނަކަ ކޯޕަރޭޝަން ހުޅުވާލައިިފި އެވެ.
ފެނަކައިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ކުންފުންޏަށް ބޮޓްލިން ޕްލާންޓެއް ގަތުމަށް ޝައުގުވެރިކަން ފާޅުކުރަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާ ކަމަށެވެ. މި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތް ތަކުން މި މަހުގެ 15 ގެ ކުރިން މައުލޫމާތު ސާފު ކުރުމަށްފަހު، ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު މިމަހުގެ 22 ގެ ކުރިން ލިބޭނެ އެވެ،
އިންޑިއާ ސަރުކާރުގެ މާލީ އެހީތެރިކަމާއި އެކު ހޯރަފުށީ ކައުންސިލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ފެނަކަ ކޯރޕަރޭޝަނާއެވެ. ފެނަކަ ކޯޕަރޭޝަނުން ވަނީ ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދު ކުރާ ޕްލާންޓެއް ބަހައްޓަން، އެ ރަށުގެ ކައުންސިލާއެކު މި އަހަރުގެ ޖެނުއަރީ މަހު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.
މި މަސައްކަތްކަތާ ބެހޭ ގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެފައިވާ ގޮތުގައި މި ޕްލާންޓު ބަހައްޓައި މަސައްކަތް ފަށާނީ، ހޯރަފުށީ ކައުންސިލްގެ ހިއްސާ އޮންނަ ގޮތަށް ހަދާ ޖޮއިންޓްވެންޗާ (ޖޭވީ) އަކުންނެވެ. އޭރު އެ ކުންފުނިން ބުނެފައިވާ ގޮތުގައި ހޯރަފުށީގައި ބަހައްޓަނީ ދުވާލަކު 10،000 އާއި 12،000 އާ ދެމެދުގެ އަދަދަކަށް ފެން ފުޅި ބަންދު ކުރެވޭ ޕްލާންޓެކެވެ.
މި މަޝްރޫއު ގެ ދަށުން ރަށުގެ ކޮންމެ ގޭބިސީއަކަށް ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ޑިސްޕެންސަރ ހަވާލުކުރުމަށް ހަމަޖެހިފައިވާ އިރު ހޯރަފުށީ ފެންޕްލާންޓް އިން ދުވާލެއްގެ މައްޗަށް 10 ހާހާއި 12 ހާހާއި ދެމެދުގެ އަދަދެއްގެ ބިއްލޫރި ފުޅި އުފައްދާނެ ކަމްށް ބެލެވެއެވެ.
މި ޕްރޮޖެކްޓް ގެ ސަބަބުން ކައިރި ރަށްރަށާއި ރިސޯޓު ތަކަށް ފެނުގެ ހިދުމަތް ފޯރުކޮށްދިނުގައި ފަސޭހަ އަކަށް ވާނެ ކަމަށް ސަރުކާރުން ގަބޫލު ކުރެއެވެ. އޭގެ އިތުރުން ޕްލާންޓް ހުޅުވުމުން ރަށުގައި ވަޒީފަައިގެ ފުރުސަތުތައް އަތުރު ވެ، ރަށުގެ އާމްދަނީ އިތރުވުމަށް އެހީތެރިވެދޭނެ ކަން ފާހަގަކޮށްލެވެ އެވެ.
ހއ. ހޯރަފުށީގައި ފެން ބަދުކުރާ ޕްލާންޓް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ އިންޑިއާ ގެ އެޗް.އައި.ސީ.ޑީ (ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް) ގެ ސްކީމް ގެ ދަށުންނެވެ. އިންޑިޔާ ސަރުކާރުގެ މާލީ އެހީތެރިކަމުގެ ދަށުން ކުރިއަށް ދާ މި މަޝްރޫއު ގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން އާއެވެ.
ފެނަކަ ކޯޕަރޭޝަންއާއި ހޯރަފުށީ ކައުންސިލްއާއި މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ޖުލައި މަހުގެ 2 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!