އުތީމު ޔުނައިޓެޑް (ޔޫޔޫ) ގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމު ބަންޑާރައިންގެ މިސްކިތަށް ހަދިޔާއެއް ދީފި އެވެ.
އެގޮތުން އުތީމު ޔުނައިޓެޑްއިން ވަނީ އުތީމު ބަންޑާރައިންގެ މިސްކިތުގެ ވޯކްވޭގެ ލައިޓާއި އައުޓްޑޯ ލައިޓް އަދި މިސްކިތުގެ ގަސްތަކަށް ފެންދިނުމަށް ފެންހޮޅި ހަދިޔާކޮށްފަ އެވެ.
އުތީމު ޔުއިޓެޑްގެ 7 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން މި ތަކެތި އުތީމު ކައުންސިލާއި ހަވާލުކޮށްފައިވަނީ މިއަދު އެވެ. އުތީމު ކައުންސިލުން ބުނީ އުތީމު ޔުނައިޓެޑްގެ މިއެހީތެރިކަން ފާހަގަ ކުރަނީ ޝުކުރުވެރިކަމާއި އެކުކަމަށެވެ.
އުތީމު ކައުންސިލުން ބުނީ އުތީމު ބަންޑާރައިން މިސްކިތު ވޯކްވޭ ގައި އަދި އަދި މިސްކިތު ގޭޓް ލައިޓް ގެ އިތުރުން މިސްކިތު ގޯތި ތެރޭގަ ފެން ހޯޅި އެޅުމުން މިސްކިތު ގެ ފުރިހަމަ ކަން އިތުރުވެގެން ގޮސްފައިވާކަމަށެވެ.
އުތީމު ޔުނައިޓެޑްއިން ބުނެފައިވަނީ ޖަމިއްޔާގެ އެންމެ ބޮޑު މަޤްޞަދަކީ އުތީމުގެ ތަރައްޤީއަށް މަސައްކަތް ކުރުން ކަމަށާއި މި ހަރަކާތަކީ ޖަމިއްޔާގެ އިޖްތިމާއީ ހަރަކާތްތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށެވެ.
މިކަމުގައި ޖަމިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތަކަށް ޖަމިއްޔާގެ ނަމުގައި ވަރަށް ޚާއްޞަ ޝުކުރުރެއް އަދާކުރާ ކަމަށާއި އުތީމު ޔުނައިޓެޑްގެ މި އުފާވެރި އަހަރީ ދުވަހުގެ މުނާސަބަތުގައި އުތީމުގެ ހުރިހާ މުއައްސަސާތަކަށާއި އުތީމުގެ ހުރިހާ ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރާ ކަމަށް އެޖަމިއްޔާއިން ބުނެއެވެ.
#Utheemu_Council Utheemu Bandhaarain Miskithu Walk Way gai Light Adhi Miskithu Gate Light ge Ithurun Miskithu Goathi...
Posted by Secretariat of Utheemu Council on Wednesday, October 7, 2020
މިދިޔަ މަހުގެ 30 ވަނަ ދުވަހު މި ޖަމިއްޔާއިން “އަލްމަރުޙޫމް ރަޝާދު ޙުސައިން މެމޯރިއަލް ސްކޮލާޝިޕް” ގެ ނަމުގައި ސްކޮލާޝިޕެއް ވެސް ވަނީ ހުޅުވާލާފައެވެ. މި ސްކޮލާޝިޕްގެ ދަށުން މިއަހަރު 5 ކުދިންނަށް ފުރުސަތު ހުޅުވާލާފައިވެއެވެ.
މީގެ އިތުރުން ފާހަގަކޮށްލެވޭ ބައެއް ކަންތައްތަކުގެ ތެރޭގައި ގްރީން ޕްރޮޖެކްޓްގެ ދަށުން އުތީމުގައި 1،000 ރުއް އިންދުމާއި ފުޓުބޯޅަ މުބާރާތްތަކާއި ކުޑަކުދިންގެ ހަރަކާތްތަކާއި ޢީދުގެ މުނާސަބަތު ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކާއި އަދި މިނިވަން 50 ފާހަގަކުރުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން މުޅި ދިވެހިރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ފުނަ ޕްރޮގްރާމުން މުޅި ހއ. އަތޮޅުން 1 ވަނަ އުތީމު ޔުނައިޓެޑަށް ވަނީ ލިބިފައެވެ.
އުތީމު އުނައިޓެޑަކީ 2013 ވަނަ އަހަރު އުފައްދާފައިވާ ޖަމިއްޔާ އެކެވެ. ފާއިތުވެ ދިޔަ އަހަރުތަކުގައި އެ ޖަމިއްޔާއިން ވަނީ އެތަކެއް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!