ހއ.ދިއްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންތަކެއް ކޯވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދިއްދޫއިން ޕޮޒިޓިވް ވެފައިވަނީ އެރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ 3 ފުލުހެކެވެ.
ކުޅުދުއްފުށި ސިޓީގެ ފުލުހަކު ކޯވިޑް19 އަށް ޕޮޒިޓީވްވުމާއި ގުޅިގެން އެރަށުން އިއްޔެ ނެގި ސާމްޕަލްތަކުގެ ނަތީޖާ ލިބިފައިވަނީ މިރޭގެ ވަގުތެއްގަ އެވެ. މިއަދު އެރަށުން ވަނީ 23 ސާމްޕަލް އެއް ނަގާފަ އެވެ. މަޢުލޫމާތު ލިބޭ ގޮތުގައި އަދި ހުރިހާ ސާންޕަލެއްގެ ނަތީޖާ ލިބިފައެއް ނުވެއެވެ. މިކޭސް އާއި ގުޅިގެން ދިއްދޫ މޮނީޓަރިންގެ ހާލަތަށް ލުމަށްފަހު ރޭގެ ވަގުތެއްގައިވަނީ މޮނީޓަރިންގެ ހާލަތުން ނަގާފަ އެވެ.
އުތުރުގެ 3 އަތޮޅުން އިތުރު 88 ސާމްޕަލް މިއަދު ވަނީ ނަގާފަ އެވެ. އޭގެތެރޭގައި ހިމެނެނީ ހއ.ހޯރަފުށިން 8 ސާމްޕަލާއި، ދިއްދޫއިން 23 ސާމްޕަލާއި، ކުޅުދުއްފުށީ ސިޓީއިން 23 ސާމްޕަލާއި، ށ.މިލަންދޫއިން 2 ސާމްޕަލާއި، ފޯކައިދޫއިން 6 ސާމްޕަލާއި، ކަނޑިތީމްއިން 2 ސާމްޕަލް އަދި ފުނަދޫއިން 24 ސާމްޕަލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!