ހުންނެވީ ސާބިތު ކަމާއިއެކު ދިވެހި ރައްޔިތުންނާއި ސަރުކާރާއިއެކުގައި ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ ދެވަނައަށް އެންމެ ބޮޑު ޕާޓީގެ ލީޑަރުގެ ގޮތުގައިވެސް ހުންނެވި، ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީވެސް އޮތީ ހަމަ އެގޮތަށް ދިވެހި ރައްޔިތުންނާއި ސަރުކާރާއިއެކުގައި ކަމަށެވެ.
ޤާސިމް މިގޮތަށް ވިދާޅުވީ އެމަނިކުފާނުގެ ނަމުގައި ދައުރު ކުރަމުންދާ ޓުވީޓަކީ ދޮގު، މަކަރުވެރި ރޭވުމެއް ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ނަމުގައި ފޭކް އައިޑީއަކުން ކޮށްފައިވާ ޓުވީޓެއް ހިއްސާ ކުރަށްވަމުންނެވެ.
ޤާސިމްގެ ނަމުގައި ކޮށްފައިވާ ފައިވާ ޓުވީޓުގައި ބުނެފައި ވަނީ ''ރައީސް ޔާމީން މިއަދު ޖަލުގައި އިންނަވަން ޖެހުމަކީ ދިވެހި ޤައުމު ލަދުވެތި ވާން ޖެހޭ ކަމެއް، ރައީސް ޔާމީނާއިއެކު މަޝްވަރާއަށް ދާން ޖުމްހޫރީ ޕާޓީ އޮތީ ތައްޔާރަށް، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްވެސް އިދިކޮޅު ފަރާތްތަކާއި ގުޅިގެން ގައުމު ކުރިއަށް ގެންދެވުމަށް އެދެން'' މިހެންނެވެ.
އެ ޓުވީޓު ހިއްސާ ކުރަށްވާ ޤާސިމް ވަނީ ދެ ޓުވީޓެއް ކުރަށްވާފައި އެވެ. ''ތިރީގައިވާ ޓުވީޓަކީ ޤާސިމް ކޮށްފައިވާ ޓުވީޓެއް ނޫން. ޤާސިމް އަދި ޖޭޕީ އޮތީ ދިވެހި ރައްޔިތުންނާއި ސަރުކާރާއިއެކު، މިކަން ކޮށްފައި ވަނީ ޤާސިމާއި، ޖޭޕީގެ ތާއީދު ގެއްލުވާލުމަށް'' ފުރަތަމަ ޓުވީޓުގައި ޤާސިމް ވިދާޅުވެފައި ވެއެވެ.
'' އެ ޓުވީޓަކީ ބަޔަކު މީހުން އުފަށްދާފައިވާ މަކަރުވެރި ރޭވުމެއް، އެއީ ބޮޑު ދޮގެއް، އެބައެއްގެ ބޭނުމަކީ ޤާސިމާއި ޖޭޕީ ގުއި ރޯނުގައި ޖެއްސުން، އަދި އަޅުގަނޑުމެންނާއި ސަރުކާރާއި ޖެއްސުން''
އެމަނިކުފާނުގެ ނަމުގައި ކޮށްފައިވާ އެ ޓުވީޓަކީ ބޮޑު އޮޅުވާލުމެއް ކަމަށް ވިދާޅުވެ ޤާސިމް ކުރެއްވި ދެވަނަ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
Thireegai mivaa Tweet akee bodu olhuvaalumeh e Tweet akee bayaku meehun ufahdhaafaivaa makaruveri reyvumeh e ee bodu dhogen . Ebaehge beynumakee Qasim aa JP gui roanehgai jehsun. Adhi Alhugadu menaa sarukaaraa jehsun . pic.twitter.com/hYyvUMVqta
— Qasim Ibrahim (@qasimibrahim) October 5, 2020
ޖުމްހޫރީ ޕާޓީގެ ލީޑަރާއި، ޖުމްހޫރީ ޕާޓީީ ވަނީ މި ސަރުކާރު ވެރިކަމަށް ގެނައުމަށް ވަރަށް އިސް ދައުރެއް އަދާކޮށްފައިއެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ކޯލިޝަންގެ މަސައްކަތްތައް ފެށިގެން އައީވެސް ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކުނޫޒުންނެވެ.
މިސަރުކާރު ހިންގާ ކޯލިޝަންގެ 25 އިންސައްތަ ޖޭޕީއަށް ދިނުމަށް ކޯލީޝަން އެއްބަސްވުމުގައިވާއިރު، މިސަރުކަރުގެ ނައިބު ރައީސާއި، ބައެއް މިނިސްޓަރުންނާއި، ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންނާއި އަދި ކުންފުނި ތަކުގެ އިސްވެރިންގެ ގޮތުގައިވެސް ޖޭޕީއަށް ނިސްބަތްވާ ބެފުޅުން ތިއްބަވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!