ދިރިއުޅުމުގައި ލިބޭ ކާމިޔާބީގެ ފަހަތުގައި މުދައްރިސުންގެ ދައުރު ވަރަށް ބޮޑުކަމަށާއި، މުދައްރިސުންގެ މަސައްކަތަކީ ޝުކުރު ޙައްޤު މަސައްކަތްތަކެއްކަމަށް ވިދާޅުވެ، ހުރިހާ މުދަށްރިސުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ޝުކުރު އަދާކުރަށްވައި ފިއެވެ.

އެމަނިކުފާނު މުދައްރިސުންނަށް ޝުކުރު އަދާކުރެއްވީ މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ކުރެއްވި ޓުވީޓެއްގައެވެ.

Ad
rt

ރައީސް ޞާލިޙް ވިދާޅުވީ، ދިރިއުޅުމަށް ހެޔޮބަދަލުތަކެއް ގެނައުމަށް ކުރާ މަސައްކަތުގައި ބެލެނިވެރިންގެ އިތުރުން ދެން އެންމެ ހެޔޮ އަސަރުތަކެއް ގެނުވާ ބަޔަކީ މުދައްރިސުންކަމަށެވެ. އަދި މުދައްރިސުންގެ ޙިދުމަތާއެކު ދިރިއުޅުން އުޖާލާވެގެންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވަނީ، އެމަނިކުފާނުގެ މުދައްރިސުން ހިމެނޭހެން ހުރިހާ މުދައްރިސުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ، މުދައްރިސުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަޙުނިޔާ ފޮނުއްވާފައެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަސް ބައްދަލުވެފައި މިވަނީ ކޯވިޑްގެ ސަބަބުން ތަފާތު ތަޖުރިބާއެއް ކުރަން ޖެހިފައިވާ ދުވަސް ވަރަކާއިއެވެ. ކޯވިޑްގެ ސަބަބުން އޮންލައިން ކިލާސްތަކާއި، ޓެލިކިލާސްތައް މެދުވެރިކޮށް ކިޔަވައި ދިނުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ކޯވިޑް ބަލި ނެތް ރަށްރަށުގައި ކިޔަވައިދޭ ވަގުތު މި ހަފުތާއިން ފެށިގެން ދުވާލަކަށް ފަސް ގަޑިއިރަށް އިތުރުކޮށްފައިވާއިރު، އެ ރަށްތަކުގައި ދަނީ ސްކޫލްގައި ކިޔަވައި ދެމުންނެވެ. މި ހަފުތާއިން ފެށިގެން މާލޭ ސިޓީގައި ވެސް ދަނީ ގްރޭޑް 9،10 އަށް ސްކޫލްގައި ކިޔަވައި ދެމުންނެވެ.