ކ. އަތޮޅު އަދާރަން ރަންނާޅި ރިސޯޓުގައި ބިދޭސީއަކު ކަރަންޓުގައި ޖެހިގެން މަރުވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުުލުހުން މިއަދު ބުނީ އިއްޔެ ރަންނާޅި ރިސޯޓުގައި ކަރަންޓުގައި ޖެހިގެން މީހަކު މަރުވި މައްސަލަ ރޭ 8:00 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ރަންނާޅި ރިސޯޓުގައި ހިނގި އެ އެހާދިސާ ހިނގާފައި ވަނީ އިއްޔެ އިރުއޮއްސި 6:30 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި މަރުވެފައި ވަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެ މީހާ ކަރަންޓުގައި ޖެހިގެން ގެންދިޔައީ ކ. މާފުށީ ހެލްތު ސެންޓަރަށެވެ. އެއީ ރޭ ގާތްގަނޑަކަށް 7:30 އެހާކަންހާއިރެވެ.
އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!