ކޯވިޑް19 ގެ ސަބަބުން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅު ތަކުގެ ތެރެއިން އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާގަޑިއަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަދަލު ގެނެސްފި އެވެ.
އެޗްޕީއޭއިން ވިދާޅުވީ މިހާރު މާލޭ ސަރަހައްދުގައި އެއްގަމު އުޅަނަދު ފަހަރު ދުއްވުން މަނާވާނީ ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 05:00 އަށެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވިދާޅުވީ، ދުއްވާ އެއްޗެހި ދުއްވުން މަނާކޮށްފައި އޮތް ވަގުތައް ބަދަލުގެނައި ނަމަވެސް މާލެ ސަރަހައްދުގައި ރޭގަނޑު 22:00ން ފަތިހު 5:00އަށް ބޭރަށް ނުކުމެ އުޅުން މަނާކޮށްފައި އޮތް އޮތުން އުވާ ނުލާކަމަށެވެ.
މާލެ ސަރަހައްދުގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދިޔުމާއި ގުޅިގެން، ރޭގަނޑު 8:00އިން ފަތިހު 5:00އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރީ 22 އޮގަސްޓް 2020އިން ފެށިގެންނެވެ.
މިބަދަލާއި އެކުވެސް ރޭގަނޑު 9:30ގައި އެންމެ ލަސްވެގެން ފިހާރަތާކާއި ކެފޭ ރެސްޓޯރަންޓްތައްވެސް ބަންދުކުރަން އިސްކަންދޭންޖެހޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!