ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން މިހާތަނަށް ޖުމްލަ 3060 ޓެސްޓު ހަދާފައިވާއިރު އޭގެ ތެރެއިން 54 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ކޭއާރުއެޗް އިން ހާމަކޮށްފި އެވެ.

ކޭއާރުއެޗްގެ މެނޭޖަރު އަހުމަދު ދާއޫދު "ތިލަދުން" އަށް މަޢުލޫމާތުދެމުން ވިދާޅުވީ މިއަދުގެ ނިއަލަށް އެހޮސްޕޓަލުން 3060 ކޯވިޑް ޓެސްޓު ހަދާފައިވާ ކަމަށާއި އޭގެ ތެރެއިން 54 ފަރާތެއް ޕޮޒިޓިވް ވެފައިވާކަމަށެވެ. ކޭއާރު އެޗްގައި ކޯވިޑް19 އަށް ޓެސްޓުކުރަން ފަށާފައިވަނީ ޖުލައި މަހުގެ 8 ވަނަ ދުވަހު އެވެ. އެހޮސްޕިޓަލުން ހެދި ޓެސްޓުތަކުން އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވެފައިވަނީ ޖުލައި މަހުގެ 10 ވަނަ ދުވަހު އެވެ.

Ad
rt

ުމްލަ 112 މީހުން ދަނީ މި ވަގުތު ހޯމް ކަރަންޓީނު ފުރިހަމަ ކުރަމުން. އޭގެ ތެރެއިން 64 މީހުންނަކީ މާލެއަށް ދަތުރު ކުރުމަށް ފަހު ހޯމް ކަރަންޓީނު ފުރިހަމަ ކުރަމުން ގެންދާ މީހުން. 47 މީހުންނަކީ ފާޅު ބޯޓް ކުލަސްޓަރއާ ގުޅިގެން ހޯމް ކަރަންޓީނުގައި ތިބި މީހުން. އަދި ހޯމް ކަރަންޓީނަށް ފަހު ރިލީސް ސާމްޕަލް ޕޮޒިޓިވްވުމާ ގުޅިގެން އިތުރު އެކަކު ހޯމް ކަރަންޓީނުގައި އެބަ ހުރި.

އަހުމަދު ދާއޫދު ވިދާޅުވެފައިވެއެވެ.

އަހުމަދު ދާއޫދު އިތުރަށް ވިދާޅުވެފައިވަނީ ކޭއާރުއެޗްގެ މުވައްޒަފުން އަދި ކަމާ ގުޅުން ހުރި އެހެނިހެން އިދާރާތަކުން ކޯވިޑްގެ ހާލަތުން އަރައިގަތުމަށް ކުރަމުން ގެންދާ މިންނެތް މަސައްކަތަށް ފަށްފަށުން ޝުކުރުވެރިވާ ކަމަށެވެ.

ކޭއާރުއެޗްގެ އުފަންހިޔާ އިމާރާތުގެ 1 ވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ ޕީސީއާރު ލެބް އަކީ ޑަބްލިއުއެޗްއޯ ފަންޑެޑް ޕްރޮޖެކްޓެކެވެ. އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ލެބްތަކުން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނަނީ ކޭއާރުއެޗްއިންނެވެ. މިދިޔަމަހުގެ 29 އާއި ހަމައަށް އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ލެބޯޓްރީން ކޮވިޑް-19 އަށް ހަދާފައިވަނީ 2000 ޓެސްޓެވެ.

މާލެއިން ރަށްރަށް އަންނަ ކަރަންޓީނު މީހުންގެ ޓެސްޓުތައް ހެދުމުގެ އިތުރުން ދާދިފަހުންވަނީ ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކުން ރެންޑަމް ސާމްޕަލްތައް ނަގާފަ އެވެ.

އެޗްޕީއޭ އިން އެންމެފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އުތުރުގެ އަތޮޅުތަކުގައި މިވަގުތު އެކްޓިވް 11 ކޭސް އެބަ އުޅެއެވެ. އެއީ ހޯރަފުށީގައި 4 މީހަކާއި ކުޅުދުއްފުށީގައި 5 މީހަކާއި ށ. ކަނޑިތީމުގައި އެކަކު އަދި ށ. މަރޮށީގައި އިތުރު މީހެކެވެ. މިއަދު ކުޅުދުއްފުށިން އިތުރަށް ޕޮޒިޓިވްވި 2 މީހުންނާއި އެކު މިއަދަދު 13 އަށް އަރާނެ އެވެ.

އުތުރުގެ އަތޮޅުތަަކުން ޖުމްލަ 53 މީހުން ޕޮޒިޓިވް ވެފައިވާއިރު މިހާރު ފަރުވާދެމުން އަންނަ 13 މީހުން ފިޔަވާ އެންމެންނަށް ވަނީ ޝިފާ ލިބިފަ އެވެ.

ރާއްޖެއިން މިހާތަނަށް 10،354 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 9،000 އަށް ވުރެ ގިނަ މީހުން ރަނގަޅުވެ 34 މީހަކު ވަނީ ނިޔާވެފައެވެ.