ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ)ގެ އީމެއިލް އެޑްރެސް ތަކުގެ ޑޮމައިން sto.mv އަށް ބަދަލުކޮށްފި އެވެ.

އެކުންފުނީގެ ރަސްމީ ބޭނުންތަކުގައި ބޭނުން ކުރަމުން އައި ހުރިހާ އީމެއިލް އެޑްރެސްތައް ބަދަލު ވެފައިވާކަމަށް އެކުންފުނިން މިއަދު ވަނީ ބުނެފައެވެ.

Ad
rt

01 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުން ފެށިގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ގެ އީމެއިލް ޑޮމެއިން stomaldives.net@ ގެ ބަދަލުގައި sto.mv@ މިގޮތަށް ބަދަލު ކުރެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވާކަމަށެވެ. މި ބަދަލާއެކު އެސްޓީއޯ ގެ ރަސްމީ އީމެއިލް އެޑްރެހަކީ info@sto.mv ކަމުގައިވެސް ދެންނެވީމެވެ.

ދިވެހި ސަރުކާރުގެ ގެޒެޓްގައި އެކުންފުނިން ނެރެފައިވާ އެންގުމެއްގައި ބުނެފައިވެއެވެ.

މިގެނެވުނު ބަދަލާއިއެކު އެސްޓީއޯއާއި އެކި އެކި ކަންކަމުގައި އީމެއިލް މެދުވެރިކޮން މުވާމަލާތް ކުރަމުން އަންނަ ކަސްޓަމަރުން ސަމާލުވާޖެހޭނެ އެވެ. stomaldives.net@ އަށް ފޮނުވާ އީމެއިލް އެފަރާތަށް ނުލިބޭނެ އެވެ. އެހެންކަމުން އީމެއިން ފޮނުވާއިރު ޑޮމައިން sto.mv@ އަށް ފަރުވާތެރިވުމަކީ މުހިންމު ކަމެކެވެ. މިހާރު އެސްޓީއޯގައި ބޭނުންކުރަމުން އަންނަ ރަސްމީ ވެބްސައިޓްއަކީ sto.mv އެވެ.