ހއ. އަދި ހދ. އަތޮޅުގައި ބޭނުންކުރުމަށް ފެރީ ޚިދްމަތްދޭނެ ފަރާތެއް ހޯދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ. (އެމްޓީސީސީ) އިން އިޢުލާންކޮށްފި އެވެ.

އެމްޓީސީސީގެ އަތޮޅުތެރޭގެ ފެރީ ނިޒާމްގައި ޒޯން 1 ގެ ހއ. އަދި ހދ. އަތޮޅަށް އަމިއްލަ އުޅަނދު އަދި ޚަރަދުގައި 02 އަހަރު ދުވަހުގެ މުއްދަތަށް ފެރީ ޚިދްމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށް މިއަދު އެކުންފުނިން ކުރި އިޢުލާނުގައި ބުނެފައިވެއެވެ.

Ad
rt

މި ޚިދުމަތް ފޯރުކޮށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުން އޮންނާނީ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު 11:00 އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އޮކްޓޯބަރ މަހުގެ 14 ވަނަ ދުވަހު 11:00 ގައި ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ މީޓިންގްރޫމްގައިކަމަށް ބުނެފައިވެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއް ގައިކަމަށާއި މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ އެއިޢުލާނުގައި ދަންނަވާފައިވެއެވެ.