ކުމުންދޫ ނެރުމައްޗަށް ޑިންގީއެއް ބަންޑުން ޖަހާލައިފި

2A38F02D-26CB-4611-9017-586954699B86

ހދ. ކުމުންދޫ ނެރުމައްޗަށް ޑިންގީއެއް ބަންޑުން ޖަހާލައިފި އެވެ.

ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވީ ޑިންގީ ބަނޑުން ޖަހާލާފައިވަނީ މިއަދު 2 އެއްޖަހާކަށް ހާއިރުކަމަށެވެ.

ޑިންގީ ބަނޑުން ޖަހާލި ހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުން ނުވާކަމަށް އަމީން ވިދާޅުވިއެވެ. އަމީން އިތުރަށް ވިދާޅުވީ މިޑިންގީއަކީ ހދ. ނެއްލައިދޫ ޑިންގީއެއްކަމަށާއި މިޑިންގީ ކުމުންދޫއަށް އައީ އެރަށު ބަޔަކު ގޮވައިގެން ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑިންގީވަނީ ފަޅައިގެން ގޮސްފައެވެ. އަދި ޑިންގީގެ އިންޖީނަން އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. ޑިންގީ މިވަގުތު އޮތީ ކުމުންދޫ ފަޅުގައެވެ.

ކުމުންދޫއަށް ވަދެފަ މީހުން ބާލާފަ ނެއްލައިދޫއަށް ދާން ނުކުންނަނިކޮށް ނެގި ރާޅަކާ ބަންޑުން ޖަހާލީ ކަންޑިންމަ މައްޗަށް

އަމީން ވިދާޅުވިއެވެ.

ކުމުންދޫއަކީ ގާމަތި ރަށެކެވެ. ޒަމާނުންސުރެ ލަފާފުރަމުން ގޮސްފައިވަނީ ވަރަށް ބޮޑެތި އުނދަގޫތަކާއި ނުރައްކަލުގެ ތެރޭގަ އެވެ. އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން 2008 ވަނަ އަހަރުގެ ތެރޭގައި ކުމުންދޫގައި ބަނދަރު ހެދުމުގެ މަސައްކަތް ފެށި އެވެ.

124 ފޫޓަށް ބޮޑު ހިލަ ޖައްސަން ނިންމާފައިވާ ނިންމުން ބަދަލުކޮށް ކަނޑުތޮއްޓާ ހަމައަށް ދަމާލުމަށް ރަށު އޮފީހުން އޭރު އެދުނީ އެކަން އެގޮތަށް ނުހަދައިފިނަމަ ނެރުމަތި ގަދަވެ ހިތާމަވެރި ހާދިސާތައް ހިނގާދާނެތީ އެވެ. އެކަމަކު އެމަޝްރޫއު ނިންމާލީ އޮފީހުން އެދުނު ކަންތައް ފުރިހަމަކޮށްނުދީ އެވެ. 12 މިލިއަން ރުފިޔާއިން ފެށި އެ މަޝްރޫއު ނިންމާލީ 2010 ވަނަ އަހަރުގެ ތެރޭގައި އެވެ.

ބަނދަރުގެ މަސައްކަތް ނިންމާ ބޭނުންކުރަން ފެށިތާ މާގިނަ ދުވަހެއް ނުވަނީސް، ހިތާމަވެރި ހާދިސާތަކެއްވަނީ ހިނގާފައެވެ. 2008 އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް އެރަށުގެ ނެރުމައްޗަށް އެކި ފަހަރު މަތިން 15 ވަރަކަށް އުޅަނދު އަރައި ގެއްލުން ލިބިފައިވާކަމަށް މަޢުލޫމާތުލިބިފައިވެ އެވެ. ބައެއް އުޅަނދުފަހަރު ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި