ހދ. ކުޅުދުއްފުށްޓާއި، ނޮޅިވަރަމް މޮނިޓަރިން ހާލަތުން ނަގާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އެރަށް ރަށަށް އަންގައިފިއެވެ.
އެޗްޕީއޭއިން، 25 ސެޕްޓެމްބަރު 2020 ވަނަ ދުވަހުގެ ރޭ 20:45 ގައި ކުޅުދުއްފުށި މޮނިޓަރިން ހާލަތަށް ގެނައީ އެރަށު ފާޅު ބޯޓުގެ ކެޕްޓަން ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. ނޮޅިވަރަމް މޮނިޓަރިން ހާލަތަށް ގެނައީ ފާޅު ބޯޓު އެރަށަށް ގޮސްފައި ވާތީއެވެ.
އެރަށްތައް މޮނިޓަރިން ހާލަތުން ނެގިކަން އަންގައި އެޗްޕީއޭއިން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ އެ ރަށްރަށުގައި މޮނިޓަރިން ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށެވެ.
ކުޅުދުއްފުށީގެ މޮނިޓަރިން ހާލަތު އުވާލާފައި ވަނީ މިރޭ 20:48 އިން ފެށިގެންނެވެ. ފާޅު ބޯޓު ކޭހާއި ގުޅިގެން މިހާތަނަށް އެރަށުން4 މީހުން ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!