މިލަންދޫ އެތުލީޓުންނަށް އީދެއް

7213BC89-4A46-4D6C-8A1B-DAE0C70163BA

ށ.މިލަންދޫ އެތުލެޓިކްސް ޓީމުގެ ފަރާތުން އިންތިޒާމް ކޮށްގެން މުޅިރަށަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ "ސައުތު ލިންކު މިލަންދޫ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2020" ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.

ދުވުމާއި، ޑިސްކަސް ތުރޯގެ އިތުރުން ޝޮޓްޕުޓް ހިމެނޭގޮތުން ޖުމްލަ ތިން ކުޅިވަރު ހިމަނައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި އަންހެން 5 ޓީމް ބައިވެރި ވެފައިވެއެވެ. ބައިވެރި ވެފައިވާ ޓީމްތަކަކީ ލޭޑީ ބަގްސް، ރާނީ ސްޓާރސް، ފެމިލީ ސްޓާރސް، ލަކީ ގާލްސް އަދި ވޮލްކޯ ޔުނައިޓެޑެވެ. މި މުބާރާތުގައި ފިރިހެން 4 ޓީމްވަނީ ބައިވެރި ވެފައެވެ. ޓީމްތަކަކީ ފަޔަރ ޝޫޓް، ޝާކް ސިޓީ، ޓާޓާ އަދި ޓީމް ބައިކަނދިއެވެ.

24 ސެޕްޓެމްބަރ 2020 އިން 26 ސެޕްޓެމްބަރ 2020 އަށް މިލަންދޫ ފުޓްބޯލަ ދަނޑުގައި ހެދިފައިވާ ދުވާ ޓްރެކްގައި ކުރިއަށް ގެންދެވުނު މި މުބާރާތް ކުރިއަށް ގެންދެވިފައިވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ހިމެނޭ ކެޓަގަރީ ތަކަކީ ވެޓަރަންސް (ތިރީސް ފަސް އަހަރުން މަތީގެ ކެޓަގަރީ)، އޯޕެން ކެޓަގަރީގެ އިތުރުން 15 އަހަރުން ދަށުގެ ކެޓަގަރީއެވެ.

ތިރީސް ފަސްއަހަރުން މަތީގެ އެތުލީޓުންނަށް ކުރިއަށް ގެންދެވިފައިވަނީ 100 މީޓަރު ދުވުމާއި 1500 މީޓަރުގެ ދުވުމުގެ އިތުރުން ޑިސްކަސް ތުރޯ އަދި ޝޮޓްޕުޓެވެ. އޯޕަން ކެޓަގަރީއަށް 100 މީޓަރު، 200 މީޓަރު 400 މީޓަރު، 800 މީޓަރު، 1500 މީޓަރު، 3000 މީޓަރު ދުވުން ކުރިއަށް ގެންގޮސްފައިވާއިރު އެ އުމުރުފުރާއަށް ވެސް ޑިސްކަސް ތުރޯގެ އިތުރުން ޝޮޓްޕުޓް ކުރިއަށް ގެންގޮސްފައިވެއެވެ. 15 އަހަރުން ދަށުގެ އުމުރު ފުރާއަށް ކުރިއަށް ގެންގޮސްފައިވަނީ 100 މީޓަރު، 200 މީޓަރު، 600 މީޓަރުގެ ދުވުމެވެ.

ކޮންމެ ކެޓަގަރީއެއްގައި ވެސް ޓީމުތަކުން ބައިވެރިވެ ޓީމްތައް ތަމްސީލު ކުރެވޭ ގޮތަށް ރާވާލެވިފައިވާ މި މުބާރާތުގެ ވަނަވަނަ އައި ފަރާތްތަކަށް މެޑަލްއާއި އިނާމް ހަވާލު ކޮށްދެއްވާފައިވަނީ ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން، ސައުތު ލިންކުގެ އޯނަރ މުޙައްމަދު ނާސިރުއެވެ.

https://www.facebook.com/107731694391083/posts/137112051453047/

މުބާރާތުގެ ކެޓަގަރީތަކުން އެންމެ މޮޅު އެތުލީޓަށް ވާދަކުރާނަމަ އެންމެ މަދުވެގެން ދެ ރަންމެޑަލް ހޯދަން ޖެހޭގޮތަށް ރާވާލެވިފައިވާ މި މުބާރާތުގެ 15 އަހަރުން ދަށުގެ އުމުރުފުރާގައި ފިރިހެން އެންމެ މޮޅު އެތުލީޓަކަށް ހޮވިފައިވަނީ ޝާކް ސިޓީގެ އިބްރާހީމް ސާއިދުގެ އިތުރުން ފަޔަރ ޝޫޓްގެ އިބްރާހީމް އިލާފްއެވެ. އެ އުމުރުފުރާގައި އަންހެން އެންމެ މޮޅު އެތުލީޓަށް އެއްވެސް ފަރާތެއް ހޮވިފައިނުވެއެވެ.

https://www.facebook.com/107731694391083/posts/137307291433523/

އޯޕަން ކެޓަގަރީގެ ފިރިހެން އެންމެ މޮޅު އެތުލީޓަކަށް ޝާކް ސިޓީގެ އަހްމަދު ސާޖީ ހޮވިފައިވާއިރު އެ ކެޓަގަރީގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވިފައިވަނީ ލަކީ ގާލްސްގެ އައިޝަތު ނައިހާއެވެ. ވެޓެރެންސް ކެޓަގަރީގައި އެންމެ މޮޅު އެތުލީޓަށް އެއްވެސް ފަރާތެއް ހޮވިފައި ނުވެއެވެ.

https://www.facebook.com/107731694391083/posts/137313764766209/

މި މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ފިރިހެން ޓީމަކަށް ހޮވިފައިވަނީ ޝާކް ސިޓީއެވެ. މުބާރާތުގެ އެންމެ މޮޅު އަންހެން ޓީމަކަށް ހޮވިފައިވަނީ ލަކީ ގާލްސްއެވެ. މި މުބާރާތުގައި ޖުމްލަ 229 އެތުލީޓުން ބައިވެރި ވެފައިވެއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ސައުތު ލިންކެވެ. އިތުރު ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ކުއެންޗް ގާޑެން، ޖޭއޭއެސް ކެފޭ، ޕިންކް ބޭކަރީގެ އިތުރުން އެންއެފްއެން އެކަޑަމީ ހިމެނެއެވެ.

https://www.facebook.com/107731694391083/posts/138180204679565/

މުބާރާތުގެ އިންތިޒާމް ކޮމެޓީން، މުބާރާތާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތުދެމުން  ބުނެފައިވަނީ މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަޤުޞަދަކީ ރަށުގެ އާބާދީގެ މެދުގައި ހާއްސަކޮށް ޒުވާނުންގެ މެދުގައި އެތުލެޓީކްސްއަށް ލޯބިއުފައްދައި، ރަށުން މޮޅެތި އެތުލީޓުންތަކެއް އުފެއްދުނަ ކަމުގައެވެ. މުބާރާތުގެ އިންތިޒާމް ކޮމެޓީންވަނީ މި މުބާރާތް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންދިޔުމުގައި އެހީތެރިވެ ދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

https://www.facebook.com/107731694391083/posts/137993634698222/

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް އެތުލެޓިކްސް އެސޯޝިއޭޝަންގެ އެހީތެރިކަމާއި އެކުގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *