ނިއުޒިލޭންޑްގައި ކޮވިޑް19 ގެ ކޭސްތައް މަދުވުމާއި ގުޅިގެން އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތްއޮތުމަށް ލުއިތަކެއް ދީފި އެވެ.
ނިއުޒިލޭންޑްގެ ރައްޔިތުންނަށް ދިން ލުއިތަކާއި އެކު، ސެޕްޓެމްބަރ 24 ވަނަ ދުވަހުން ފެށިގެން މާސްކު އެޅުން އެގައުމުގެ އޮކްލޭންޑްގައި މަޖުބޫރެއް ނުވާނެއެވެ. ނަމަވެސް އަދިވެސް އޮކްލޭންޑްގައި ޕަބްލިކް ޓްރާންސްޕޯޓާއި މަތިންދާބޯޓުގައި މާސްކު އެޅުން މަޖުބޫރެވެ.
އޮކްލޭންޑް ފިޔަވައި ހަރުކަށި ފިޔަވަޅުތައް އެޅި ނިއުޒީލެންޑްގެ އެހެން ސަރަހައްދުތަކުން ކޮވިޑް ނުފެންނާތީ މިހާރު އެ ތަންތަނުގައި އެޅި ފިޔަވަޅުތައް ވަނީ އުވާލައިފައެވެ.
އޮކްލޭންޑަކީ ކޮރޯނާ އެންމެ ބޮޑަށް ފެތުރުނު ސަރަހައްދުވެސް މެއެވެ. އެތަނުގައި މިހާރު އެންމެ ގިނައިން އެއްފަހަރާ އެއްވެވެނީ 100 މީހުންނަށެވެ.
ކޮރޯނާއާ ދެކޮޅަށް ނިއުޒީލެންޑްއިން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު މިދިޔަ ޖޫން މަހު އެގައުމުން ވަނީ ބަލި ނައްތާލައިފައެވެ.
އެހެންނަމަވެސް މިފަހުން އަނެއްކާވެސް ދެވަނަ ފަހަރަށް ކޭސްތައް އިތުރުވަމުން ދާތީ ބައެއް ހިސާބުތައް ފުރަބަންދުކުރިއެވެ. އެފަހަރު އޮކްލޭންޑުން ބަލިނުފެންނަތާ 100 ދުވަސްފަހުން މިދިޔަ އޮގަސްޓްމަހު ގުޅުމެއް ނެތް އެތަކެއް ކްލަސްޓާތަކެއް ފެނިގެން ދިޔައެވެ. ނަމަވެސް އަނެއްކާވެސް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު އޮކްލޭންޑުން އާ ކްލަސްޓާތައް ނުފެންނަތާ މިހާރު ވަނީ ހަފްތާއެއް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!