ކޯވިޑް- 19 އަށް މިއަދު 75 މީހުން ޕޮޒިޓިވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިއާއިއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވި މީހުންގެ ޢަދަދު 10،000 އިން މައްޗަށް ވަނީ އަރައިފައެވެ.
އެޗްޕީއޭއިން މިރޭ ހާމަކުރެއްވި މަޢުލޫމާތުގައި ވާގޮތުން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް 75 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވުމާއިއެކު، މިހާތަނަށް ރާއްޖެއިން ޖުމްލަ 10،014 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 53 ދިވެހީންނާއި، 22 ބިދޭސީންނެވެ. މި މީހުން ތެރެއިން ގްރޭޓަރ މާލޭ އޭރިއާއިން ޕޮޒިޓިވް ވެފައިވަނީ 66 މީހުންނެވެ. އަތޮޅުތެރެއިން 9 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 76 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 8672 އަށް އަރާފައެވެ.
ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 27 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 34 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދުވަނީ 1،300 އަށް އަރާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!