ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅާފައިވާ ފޯމުތަށް ޕްރޮސެސް ކުރުމަށްފަހު، ޕާޓީތަކުގައި މިހާރު މެންބަރުން ތިބި ޢަދަދުތައް ހާމަކޮށްފިއެވެ.
އީސީން ބުނީ ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ މެންބަރުޝިޕް ފޯމުތައް ޕްރޮސެސް ކުރުމަށްފަހު، ސިޔާސީ ޕާޓީތަކުގެ ދަފުތަރު އަދާ ހަމަކޮށްފައިވާ ތަފްޞީލް އާންމު ކުރާ ކަމަށެވެ.
މި ގޮތުން އީސީއިން ހާމަ ކުރެއްވި މަޢުލޫމާތަށް ބަލާއިރު ދަފްތަރުގައި އެންމެ ގިނަ މެންބަރުން ތިބި ޕާޓީއަކީ ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީއެވެ. އެ ޕާޓީގައި މިހާރު ތިބީ 52،952 މެންބަރުންނެވެ.
އިދިކޮޅު ކޯލިޝަންގެ މައިޕާޓީ ޕީޕީއެމްއަކީ ދެވަނައަށް އެންމެ ގިނަ މެންބަރުން ތިބި ޕާޓީއެވެ. އެ ޕާޓީގެ ދަފްތަރުގައި މިހާރު ތިބީ 37،144 މެންމަބަރުންނެވެ.
ތިންވަނައަށް އެންމެ ގިނަ މެންބަރުން ތިބީ ވެރިކަން ކުރާ ކޯލިޝަންގެ ދެވަނަ ޕާޓީ ޖޭޕީ ގައެވެ. ޖޭޕީގެ ދަފުތަރުގައި މިހާރު 13،825 މެންބަރުން އެބަތިއްބެވެ.
ދަފުތަރުގައި މެންބަރުން ތިބި ޢަދަދު އީސީއިން ހާމަ ކުރި އިތުރު ޕާޓީތައް
- އެމްޑީއޭ - 8178 މެންބަރުން
- އަދާލަތު ޕާޓީ - 6640 މެންބަރުން
- ޕީއެންސީ - 4004 މެންބަރުން
- އެމްޓީޑީ - 3171 މެންބަރުން
- އެމްއާރުއެމް - 3023 މެންބަރުން
- ލޭބަރ ޕާޓީ- 2881 މެންބަރުން
- ޑީއާރުޕީ- 2902
އީސީއިން ގެންދަވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ މަސައްކަތްވެސް މިހާރު ކުރަށްވަމުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!