މާލޭގައި ތޫނުއެއްޗަކުން ހަމަލާދީ ވިޔަފާރިވެރިއަކު ޒަހަމް ކޮށްލައިފި

112235_3_cfb3f7155f78b8ba699fccf46bbbce36f818abfe_medium

މާލޭގައި ތޫނު އެއްޗަކުން ޙަމަލާދީ ވިޔަފާރިވެރިއަކު ޒަޚަމްކޮށްލައިފި އެވެ.

މީޑިޔާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ ތޫނު އެއްޗަކުން ޙަމަލާ ދީފައިވަނީ ޠޮއިބާ މިސްކިތް ކައިރިން ކަމަށެވެ. ހަމަލާދީފައިވަނީ ހަވީރީ ހިނގުމާއި ޝަހީދުއަލީ ހިނގުމާއި ގުޅުނު ހިސާބުގައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ20:45 ހާ އިރު ކަމަށާއި އަނިޔާވި މީހާ އަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ވިޔަފާރިވެރިޔާ އަށް ހަމަލާދީފައި ވަނީ ވަޅި އެއްބޭނުންކޮށްގެންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި ވަޅި ޖަހާފައި ވަނީ ވިޔަފާރިވެރިޔާގެ ކަރަށެވެ. ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކުރެވިފައިވާކަމަށެވެ.

ފުލުހުން ބުނީ އެކަމުގައި އިތުރު މައުލޫމާތު ލިބުނު ވަރަކުން ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *