ލޮނުމަސް އެޅުމަށާއި، މަސް ކައްކައި ހިއްކުމަށް ބިމެއް ދޫކުރުމަށް ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާއިން އިޢުލާން ކޮށްފި އެވެ.

އެކައުންސިލުން ކުރި އިޢުލާނުގައި ބުނެފައިވަނީ އެރަށުގެ ހަވާގޭގެ އިރުމަތިން، ގޮނޑުދޮށާ ދިމާލު ހޭޅިފަށުން، ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިން 1 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.

Ad
rt

މި ބިމުގެ ބޮޑުމިން 1500 އަކަފޫޓް އެވެ. ބިން އޮތްތަންނަކީ ހަވާގޭގެ އިރުމަތިން ކޯރުކެނޑިމަގުގެ އުތުރުފަޅީގައި ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ. މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 އޮކްޓޫބަރ 5 ވާ ހޯމަ ދުވަހުގެ 09:30 އަށް އެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2020 އޮކްޓޫބަރ 8 ވާ ބުރާސްފަތި ދުވަހުގެ 09:30 އަށް އަންދާސީހިސާބު އެ އިދާރާއަށް ހުށަހެޅުއްވުން އެދެއެވެ.

މި ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައިކަމަށާއި އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ފޯމް ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް، ސިޓީއަކުން އެ އިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައިކަމަށް އެއިޢުލާނުގައި ބުނެފައިވެއެވެ.