ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާ ކޮށްފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާގެ މެޓް އޮފީހުން ވަނީ މި ސަރަޙައްދުތަކަށް މޫސުން ގޯސްވާނެތީ ހުދު ސަމާލު ނެރެފައި އެވެ.

Ad
rt

މިރޭ 21:00 އިން މިރޭ މެންދަމުން އަނބުރާ 2:00 އަށް ނެރެފައިވާ ހުދު ސަމާލްގައި ބުނެފައިވަނީ، ސަމާލުގެ ވަގުތުގައި އެސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ވައިގަދަވާނެ ކަމަށެވެ.

އެ ސަރަޙައްދުތަކަށް ވިލާ ގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.

މި ދުވަސްވަރު އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް މޫސުން ގޯސްވެ، ވިއްސާރަ ކުރަމުންނެވެ.